ގދ. ތިނަދޫގައި މަސް ރައްކާކުރަން 1000 ޓަނުގެ ސްޓޯރޭޖެއް ޤާއިމްކުރަން ނިންމާފައިވާކަމަށް ތިނަދޫ ދެކުނުދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.
ސަނީފު ވިދާޅުވީ، ތިނަދޫގެ ތަރައްޤީއަށް ކޮންމެހެން ކުރަން ބޭނުންވާ ކަންތަކާ ބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާއާއި އަދި ސަރުކާރުގެ ވަޒީރުންނާ މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
"ރައީސް އާއި އެކު ކުރެވުނު މަޝްވަރާގައި ތިނަދޫގައި ހިންގުމަށް އަޅުގަނޑަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ތިނަދޫ ބައިނަލްއަގްވާމީ ބަނދަރު އަންނަ ނޮވެމްބަރު މަސައްކަތް ފަށައި އަދި 2021 ގައި ބަނދަރު ތަރައްގީ ކުރެވޭއިރު އިރުމަތީފަރާތު ކަނޑު ތޮށި ހިމެނޭ ގޮތަށް ތަރައްގީ ކުރުމާއި، މަސްފިނިކުރާ 1000 ޓަނުގެ ގުދަން ގާއިމް ކުރުމާއި ، ތިނަދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހަސްފަތާލު ތަރައްގީކުރަން ފެށުމާއި އަދި ތިނަދޫ ފެންބޮޑު ވުމުގެ މައްސަލަ ހައްލުކުރުމަށް ރާވާފައިވާ ސްޓޯރމް ވޯޓަރަ މަޝްރޫއު ފަށާނެ ކަމުގެ ޔަގީންކަން ރައީސުންލުމްހޫރިއްޔާއާއި މާލީ ވަޒީރު އަދި އިގްތިސާދީ ވަޒީރު ދެއްވި." ސަނީފު ވިދާޅުވިއެވެ.
ސަނީފު ވިދާޅުވީ، މިމަސައްކަތް ތަކާއެކު، ތިނަދޫއަށް ބަޖެޓުކުރެވިފައިވާ އެންމެހާ ކަންތަށް ރަނުން ރަނަށް ފުއްދުމަށް ކެޑިނޭޅި ވަކާލާތު ކުރާނެ ކަމުގެ ޔަގީންކަން ތިނަދޫގެ އެންމެހާ ރައްޔިތުންނަށް ދެއްވާކަމަށެވެ.
ތިނަދޫގައި މަސް ރައްކާކުރުމަށް 1000 ޓަނުގެ ސްޓޯރޭޖެއް ޤާއިމް ކުރުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފައެވެ.