ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން
ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން

ކުރިއަށްއޮތް ދެ ދުވަހު މިފްކޯގެ އެއްވެސް ސައިޓަކަށް މަސް ނުގަންނާނެ

މާދަމައަކީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ޢީދު މީލާދީ ދުވަސް ކަމަށްވާތީ މިފްކޯގެ އެއްވެސް ސައިޓަކަށް މަސް ނުގަންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ މާދަމައަކީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ޢީދު މީލާދީ ދުވަސް ކަމަށްވާތީ މިފްކޯގެ އެއްވެސް ސައިޓަކަށާއި އެކުންފުނީގެ އެއްވެސް ބޯޓަކަށް މާދަމާ މަސް ނުގަންނާނެކަމަށެވެ. އަދި އެކުންފުނީގެ އެއްވެސް އައިސް ޕްލާންޓަކުން މާދަމާ އައިސް ވެސް ނުވިއްކާނެކަމަށް މިފްކޯއިން ބުނެއެވެ.

ހުކުރުދުވަހަކީ މިފްކޯގެ އެއްވެސް ސައިޓަކަށް މަސް ގަންނަ ދުވަހެއް ނޫނެނެވެ. މިއީ އެކުންފުނިން ކުރިންވެސް އަމަލުކުރަމުން އަންނަ ގޮތެކެވެ. އެހެންކަމުން ކުރިއަށްއޮތް ދެދުވަހު މިފްކޯއަށް މަސް ނުގަންނާނެއެވެ.

ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ހުކުރުދުވަހަކީ އާންމުކޮށް ދިވެހިން ކަނޑަށް ނުކެމެ މަސްވެރިކަން ކުރާ ދުވަހެއް ނޫނެވެ. ހުކުރުދުވަސް އޭރު ފާހަގަވެފައިވަނީ މަސްވެރިންގެ ޗުއްޓީ ދުވަހެއްގެ ގޮތުގައެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ހުކުރު ދުވަހުގެ ހުކުރަށް ފަހު ގިނަ މަސްވެރިން އެން ހޯދުމަށް ފުރައެވެ. އަދި ބައެއް ދޯނިފަހަރުން ކަނޑަށް ނިކުމެ މަސްވެސް ބާނައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!