ކަނދުފަތި ކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ފޮޓޯއާ ވީޑިއޯ އާންމުކޮށްފި

2020-10-29

ޤަވާއިދާ ޚިލާފަށް ކަނދުފަތިކައިރީ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ފޮޓޯއާ ވީޑިއޯ މަސްވެރިޔަކު އާންމުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމުކުރަމުން މަސްވެރިޔާ ބުނީ ޤަވާއިދާ ޚިލާފަށް ކަނދުފަތިތައް ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް ފިޝަރީޒް މިނިސްޓްރީއަށް ގޮވާލާކަމަށެވެ. މިވީޑިއޯއިން ފެންނަނީ ކުޑަ މަސްދޯންޏަކުން ކަނދުފަތިކައިރިއަށް ރޯލު ދޫކޮށްގެން މަސްބާނާ މަންޒަރެވެ. އެހެންނަމަވެސް ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ދޯނީގެ އެއްވެސް މަޢުލޫމާތެއް ޙިއްސާކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނިން ވަދު އެޅީ ގދ. ތިނަދޫ ބޭރުގައި ހަރުކޮށްފައިވާ ކަނދުފަތި ކައިރީގައެވެ.

މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ.

ދާދި ފަހުން ފިޝަރީޒް މިނިސްޓްރީން ވަނީ ކަނދުފަތީގައި ވާ އެއްސުމުގެ ސަބަބުން ދޯންޏެއްގެ ކެޔޮޅާ އޮޑިވެރިޔާ ޖޫރިމަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Bala dhosheege maswerian kuraa meehun wes gathun dhah vma en dhirey en eba jahaa.
    Hama ekache

ފަހުގެ