މަސްވެރިކަމާއި ގުޅޭ

ފާނަ މަސްވެރިކަން

ފާނަ މަސްވެރިކަމަކީ ރާއްޖޭގައި 3 ވަނައަށް އެންމެ ފުޅާކޮށް ކުރަމުން އަންނަ މަސްވެރިކަމެވެ.

ފާނަ މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރަނީ 50-75 ފޫޓްގެ ދޯނިފަހަރެވެ. 08-12 އާ ދެމެދުގެ އަދަދަކަށް ފަޅުވެރިން ފާނަ މަސްވެރިކަން ކުރާ ދޯނިފަހަރުތަކުގައި މަސައްކަތް ކުރެއެވެ. ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއް ދޯނިތައް ފަރުމާކޮށްފައި ހުންނަނީ ކަނޑުމަހުގެ މަސްވެރިކަމުގައި އުޅޭ ދޯނިތަކާއި އެއްގޮތަށް، ޒަމާނީ ބަދަލުތަކާއި އެކުގައެވެ. ފަޅުވެރިންނަށް ފަސޭހައިން ދޯނިތެރޭގައި އުޅޭވޭ ގޮތަށެވެ.

ރާއްޖޭގައި އެންމެ ގިނައިން ފާނަ މަސްވެރިން ހަރަކާތްތެރިވާ އެއް އަތޮޅަކީ ފ. އަތޮޅެވެ. ފ. ބިލެއްދޫ އަކީ އެއަތޮޅުގެ އެންމެގިނަ ފާނަ މަސްވެރިން ހަރަކާތްތެރިވާ ރަށެވެ.

ރާއްޖޭގައިކުރާ ކަނޑުމަހާއި ކަންނެލި މަސްވެރިކަމާ އެއްގޮތަށް ފާނަ މަސްވެރިކަން ކުރުމުގައިވެސް، އެން ހިފުމަށާއި، ފާނަ ބޭނުމަށް އެކިއަތޮޅުތަކަށް ދަތުރުކުރެއެވެ. ފާނަ މަސްވެރިކަން ކުރަން އެވްރެޖްކޮށް ރަށުން ބޭރުގައި ހަފްތާއެއް ހޭދަކުރެއެވެ.

ފ. ބިލައްދޫ ކަޅިރަވަ ދޯނި

ފާނަ ބޭނުމުގެ މަސައްކަތްކުރަނީ ދުވާލުގެ ވަގުތުތަކުގައެވެ. ރާއްޖޭގައިކުރާ އެކި ބާވަތުގެ މަސްވެރިކަމުގެ ތެރެއިން ފާނަ މަސްވެރިކަމަކީ އެންމެ ބުރަ، އެއް މަސްވެރިކަމެވެ. ސަބަބަކީ ފާނަ ބާނަން ފަޅުވެރިންކުރާ މަސައްކަތް ތަފާތުވީމައެވެ. ދުވާލުގަޑީގައި ފަޅުވެރިންތިބެނީ މޫދުގައެވެ. ބާސްކޭޓަށް ދިރޭ އެންއަޅައިގެން ފަރުތަކުގެ ކައިރީގައި ފާނަ ބާނަން ފަތަފަތާ އޮވެއެވެ. އެކަށީގެންވާ ވަރަށް ފާނަ ބޭނި ބާސްކެޓް/ވަށިގަނޑު ފުރުމުން، ދޯންޏަށް އަރާ ކުޑަކޮށް އަރާމުކޮށްލުމަށްފަހު އެނެއްކާވެސް މޫދަށް ފައިބާނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!