އެމް.އެން.ޑީ.އެފްއާއި އިންޑިއާގެ ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޕެޓްރޯލްކުރަނީ

އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް". ފޮޓޯ: އެމް.އެން.ޑީ.އެފް
އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް". ފޮޓޯ: އެމް.އެން.ޑީ.އެފް

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދު ޕެޓްރޯލް ކުރުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް" ރާއްޖެއަށް އަތުވެއްޖެއެވެ.

އެމް.އެން.ޑީ.އެފްއިން ބުނީ، "އައިސީޖީއެސް ސަންކްލަޕް" ރާއްޖެއަށް އައީ، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް ކަމަށެވެ.

އަދި އައިސީޖީއެސް ސަންކްލަޕް ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 2 ން 5 އަށް އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމް.އެން.ޑީ.އެފްއިން ބުނެއެވެ.

މިއީ ދިވެހިރާއްޖޭގައި ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގާ ޕެޓްރޯލެކެވެ. މި ޕެޓްރޯލްތައް ފަށާފައިވަނީ 2009 ވަނަ އަހަރެވެ.

މިސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި، ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑާއި އިންޑިއާ ނޭވީން ގުޅިގެން ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާ ނޭވީ ގުޅިގެން ހިންގާ 71 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ