c1_2013287_201103161829

ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ވިއެޓްނާމުގެ މަސް ބޯޓެއް އަތުލައިގަނެފި

ތައިލޭންޑުގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ވިއެޓްނާމުގެ މަސް ބޯޓެއް އަތުލައިގަނެފިއެވެ.

ތައިލޭންޑުގެ މެރިޓައިމް އެންފޯސްމެންޓު ކޮމާންޑު ސެންޓަރުން މި ބޯޓު އަތުލައިގަނެފައިވަނީ ތައިލޭންޑުގެ މަސްވެރިންގެ ސަމާލުކަމަށް މި ބޯޓު އައުމާއި އެކު ކަމާއި ގުޅުން ހުރި ފަރާތްތަކަށް ރިޕޯޓު ކުރުމުންނެވެ. މެރިޓައިމް އެންފޯސްމެންޓު ކޮމާންޑު ސެންޓަރުގެ ބެލުމުގެ ދަށަށް ވިއެޓްނާމްގެ މަސްބޯޓުގެނައި އިރު އޭގައި 4 ފަޅުވެރިން ތިބިކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ. މި ހަތަރު ފަޅުވެރިންނަށްވަނީ 6 ދައުވާއެއްވަނީ ކޮށްފައެވެ. އޭގެތެރޭގައި ހުއްދަ ނުނަގާ ޤަވާއިދާއި ޙިލާފަށް މަސްވެރިކަން ކުރުމާއި، ތައިލޭންޑުގެ އިމިގްރޭޝަން އެކްޓާއި ހިލާފުވުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!