މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ ގާނޫނުގެ 9ވަނަ މާއްދާ: މަސްވެރިކަމާ ގުޅޭ ދަފްތަރެއް އެކުލަވާލުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު، 14/2019 ގެ 9ވަނަ މާއްދާގައި މަސްވެރިކަމާގުޅޭ ދަފްތަރެއް އެކުލަވާލުމަށް ފިޝަރީޒް މިނިސްޓްރީއަށް ލާޒިމްކުރެއެވެ. އެ މާއްދާގެ

ހ. ގައި ބުނަނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިންނާ، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑި ދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއިން އެ ދަފްތަރު ލިޔެ ބަލަހައްޓަން ވާނެކަމަށެވެ.

ށ. ގައި ބުނަނީ މި މާއްދާގައި ބަޔާންކުރާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ލޯކަލް ކައުންސިލްތައް މެދުވެރިކޮށް މިނިސްޓްރީއަށް ހޯދިދާނެކަމަށެވެ. އަދި

ނ. ގައި ބުނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 100 (ސަތޭކަ) ދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކުރާ ދަފްތަރު މިނިސްޓްރީން އެކުލަވާލަން ވާނެކަމަށެވެ.

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!