މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ މައުލޫމާތު: ކަންނެލި މަސްވެރިން ލާރި ބެހުން

ރާއްޖޭގައި ކުރާ ތަފާތު މަސްވެރިކަމުގައި ފައިސާ ބެހުމުގެ ތަފާތުތަކެއް ހުރެއެވެ. އެއްކަހަލަ މަސްވެރިކަމެއްކުރާ މަސްވެރިންގެ މެދުގައި ފައިސާ ބެހުންވެސް ތަފާތެވެ. ބައެއް އަތޮޅުތަކާއި، ރަށްތަކުގެ މަސްވެރިންވެސް ފައިސާ ބެހުމުގައި ތަފާތުތަކެއް ގެންގުޅެއެވެ. އަދި ހަމައެހެންމެ، އެއް ރަށެއްގައި އެއް ވައްތަރެއްގެ މަސްވެރިކަންކުރާ މަސްވެރިން ފައިސާ ބެހުމުގައިވެސް އެކި އުސޫލުތައް ގެންގުޅެއެވެ.

ކަންނެލި މަސްވެރިކަންކުރާ މަސްވެރިންގެ ތެރެއިން ދ. މީދޫއަކީ ކަންނެލި އޮޑި އެންމެ ގިނަ އެއް ރަށެވެ. މީދޫގައި ފައިސާ ބަހަމުން އަންނަނީ އެންމެ ކުރީ ޒަމާނުއްސުރެ އެ ރަށުގައި ފައިސާ ބަހަމުން އަންނަ ޘަގާފަތާއި އެއްގޮތަށެވެ.

އާންމުކޮށް މަސްދޯންޏެއްގައި ކުރަންޖެހޭ ޚަރަދުތަކުގެ ތެރޭގައި، ޑީސަލް، އައިސް، އަޑީތެޔޮ، އިންޖީން އަދި ޖަނަރޭޓާރގެ ފިލްޓަރު، ބުޅި ކަންވާރު، ފެން (ފެންވެރުމަށާއި، ބުއިމަށް ގަންނަ ފެން) އަދި މަސްވެރިންގެ ކެއުމަށްދާ ޚަރަދު ހިމެނެއެވެ.

މަސްވެރިކަމަށް ނުކުންނަ ދަތުރު ނިންމާ ރަށަށް އައުމަށްފަހު އެ ލިބޭ އާމްދަނީއިން ހުރިހާ ޚަރަދެއް އުނިކުރެއެވެ. ޚަރަދުތައް ކެޑުމަށްފަހު، އާމްދަނީ ދެބަޔަކަށް ބަހައެވެ. އެއްބައި އޮޑިވެރިއާއަށް އަދި އަނެއްބައި މަސްވެރިންނަށެވެ. މަސްވެރިންނަށް ލިބޭ އާމްދަނީގެ ހިއްސާ އެންމެންނަށް ހަމައަށް ބަހާލަނީއެވެ. ދޯނީގައި އިސްކޮށްއުޅޭ މަސްވެރިންނާއި ކެޔޮޅަށް ދޭ ފައިސާ ނަގަނީ އޮޑިވެރިއާއަށް ލިބޭ ބައިން ނެވެ. މީދޫގައި އާންމުކޮށް ގެންގުޅޭ އުސޫލަކީ ފަޅުވެރިއަކަށް ލިބޭ ބައެއްގެ، ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި އޮޑިވެރިއާގެ ބައިން ފަޅުވެރިންނަށް ދިނުމެވެ.

ފަޅުވެރިންނަށް ބައި އެޅުމުގައި ބިދޭސީންނާއި ދިވެހިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރި ކަމުގައިވީނަމަވެސް، އެވްރެޖްކޮށް ގިނަ ދޯނިތަކުން ދިވެހިންނާއި އެއްވަރަށް ބިދޭސީންނަށްވެސް ފައިސާ ދެއެވެ.

މިގޮތަށް ލާރިބެހުމުން، އޮޑިވެރިއާއަށް ސާފު ފައިދާގެ ގޮތުގައި އޮންނަނީ އެވްރެޖްކޮށް 25-30 އިންސައްތައިގެ އަދަދެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. މިދޫގެ މަސްވެރިންނަށް ލިބޭ ނަފާ ބަހާގޮތް ރަނގަޅު އެކަމަކު ބިދޭސިންނަށް ދޭ ބައި ބޮޑުވެ، ދިވެހިންނަށްވުރެން މަތީގައި އެމީހުން އުޅެންފެށުމުން، ރަށުގައި މަސައްކަތްކުރާ ކުދި ވިޔަފާރި ތަކުގެ މަސއްކަތުގައި ގެންގުޅޭ ބިދޭސިން އެ މުސާރަ ހޯދަން ޑިމާންޑު ކުރޭ. މީދޫގެ އޮޑިވެރިން މިކަމާ ނުވިސްނައިފިނަމަ މުސްތަގުބަލް ވަރަށް ބިރުވެރި.

    1. އެންމެނަށް ހަމަހަ ވާން ޖެހޭނެ. ތި ދައްކަނީ ތާކުން ތާކު ނުޖެހޭ ވާހަކަ. ދޯނި ތަކުގަ އުޅޭ ބޭރު މީހުން ލައްވާ ހުރިހާ ކަމެއް ކުރުވައިފަ ލާރި ދޭންވީ މަދުން.

  2. ކޮން އޮޑިވެރިއެއްތަ.އޮޑިވެރިޔާ އޮންނާނީ ފިނިކޮޓަރީގަ ނިދަން.ހުރިހާ މަސައްކަތެއް ފަޅުވެރި ކުދިން ލަށްވާ ކުރުވާފަ އަދި އޭނައަށް ބައި އަޅަން.ނުޖެހޭނެބައިއަޅަކަށް.

Comments are closed.