މަސްވެރިކަމާއި ގުޅޭ

ދޮނގު - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ދޮނގު

ދޮނގަކީ ރާއްޖޭގެ ފަރުފަޅުތަކުން ގިނަގިނައިން ފެންނަ ބާވަތެކެވެ.
ޢާއްމުގޮތެއްގައި އުޅެނީ 60 މީޓަރަށްވުރެ ތިލަހިސާބުތަކުގައެވެ. މިއީ ދުވާލުގެ ވަގުތުތަކުގައި ޢާއްމުކޮށް ހަރަކާތްތެރިވެއުޅޭ މަހެއް ނޫނެވެ. ޝިކާރަކޮށް ކައިހަދަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. މިއީ ފަރުފަޅުތަކުގެ ބޭރުމަތީގައި ޢާއްމުކޮށް އެކަހެރިކޮށް އެހެންނަމަވެސް ބޮޑެތިމަސް ކުދި އައިން ހަދައިގެން މަޑުމައިތިރިކަމާއެކު ދަތުރުކޮށްއުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުން ކުރާ މަހެކެވެ. ކެޔޮޅުކަމުގޮސް އުޅޭއިރު މިބާވަތުގެ މަސް ބޭނިފައިހުރެއެވެ. އަދި މިއީ ދަގަނޑުޖަހައިގެން ވަރަށް ފަސޭހައިން ހިފޭމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 14 މަޑުކަށިހުރެއެވެ. މަހުގެ ލޯބޮޑެވެ. މަހުގެ ތުންކޮޅު ހުންނަނީ އޫކޮށެއްނޫނެވެ. މަހުގެ ކަރުތާފަތުގެ މަތީގައި ހުޅުނބު ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫއަޅިކުލައެވެ. ބަނޑުދަށްފަރާތުގެ ކުލަ ފަނޑެވެ. މަހުގެ ހުޅުނބުތަކުގެ މެދު ހުންނަނީ ރިހިކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ފުޅާކޮށް ހުންނަ ކުލަގަދަ 4 ރޮނގު ހުރެއެވެ. މަހުގެ ކާނާއަކީ ބޮލިފާޑުގެ ސޫތްޕާއި، ކަކުންޏާއި ބަރަވެއްޔާއި ހިޔަމައެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Humpnose big-eye bream

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!