މަސްވެރިކަމާއި ގުޅޭ

123438066_117482113480684_420197892530783880_n

ގދ. މަޑަވެލީ "ރަސްއަލި"

ރަސްއަލި ދޯންޏަކީ ގދ.މަޑަވެލީގައި އެންމެ ފަހުން ދުއްވަންފެށި ފައިބަރު މަސްދޯންޏެވެ.

78 ފޫޓުގެ މި ދޯންޏަކީ ލޯންޗް ޑިޒައިން ނުވަތަ ޕްލޭނިންގ ހަލްގެ ޑިޒައިނަށް އެންމެ ފުރަތަމަ ރާއްޖޭގައި ބަނދެފައިވާ ދޯނިކަމަށް ވެއެވެ. މި ދޯންޏަކީ ގެލެރީ ސީރީޒްގެ ކާމިޔާބު ދޯނިތައް ކަމަށްވާ "ގެލެރީ ވިޝަން"، "ގެލެރީ މިޝަން" އަދި "މަސް ގެލެރީ" އަށްފަހު ގެލެރީ ޙަސަން ޤާސިމް ބަނދެ ދުއްވަންފެށި ހަތަރު ވަނަ ދޯންޏެވެ.
ޢާންމުކޮށް މަސްދޯނި ފަހަރުގައި މިހާރު ހުންނަ އާންމު އެންމެހާ ވަސީލަތް ފުރިހަމަ މިދޯނީގެ ސްޕީޑަކީ ބަރުކޮށްގެން 12 ނޯޓިކަލް މޭލެވެ. 2 ޖަނަރޭޓަރ ސެޓާއި ޖީޕީއެސް އާއި ފިޝްފައިންޑަރގެ އިތުރުން މަސްއައިން ހޯދުމަށް ބޭނުންކުރާ ބާރޑުފައިންޑަރ ރާޑަރާއި އެހެނިހެން ނިޔަމި ވަޞީލަތް ޤާއިމު ކޮށްފައިވާ މިދޯނީގައި ވާދަމާ ވިންޗުގެ އިތުރުން މަސްވެރިކަމުގައި މިހާރު އެންމެ ތަކުލީފުބޮޑު އެއްކަންތައް ކަމަށްވާ އައިސް ހޯދުމުގެ މައްސަލައަށް ހައްލެއް ގެނެސް އާރު.ޑަބްލިއު.އެސް ސިސްޓަމްވެސް ވަނީ ޤާއިމް ކޮށްފައެވެ. މި އައިސް ޕްލާންޓުން 35 ޓަނު މަސް 3ގަޑިއެއްހާ އިރުތެރޭ ފިނިކޮށްލެވޭނެ ކަމަށް ވެއެވެ.

25 ފަޅުވެރިންނާއެކު މި ދޯނި މަހަށްދާން ފަށާފައިވަނީ 18 އޮކްޓޯބަރ 2020 ގައެވެ. ދޯނީގެ 2 ކެޔޮޅުންނަކީ ގދ.މަޑަވެލި ރޯޝަނީގޭ މުޙައްމަދު ޢަބްދުﷲއާއި އިވަރުހައުސް ޝިފާހު މުޙައްމަދެވެ.

ގުޅުންހުރި ލިޔުންތައް