ރ. ކަނދޮޅުދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި އަލުން ހަރުކޮށްފި

Emgq4ptXcAEM9uu

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ތެރެއިން ރ.ކަނދުޅުދޫ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި އަލުން ހަރުކޮށްފިއެވެ.

މިކަނދުފަތި ހަރުކޮށްފައިވަނީ ރ. ކަނދޮޅުދޫގެ ހުޅަނގުން 16.8 މޭލު ބޭރުގައެވެ. ރާއްޖޭގައި އަޅާފައިވާ 56 ކަނދުފަތީގެ ތެރެއިން 3 ކަނދުފައްޗެއް މިހާރު ވަނީ ކަނޑައިގެން ގޮސްފައެވެ. އެއީ އދ. މާމިގިލި، ސ. ހިތަދޫ އަދި ފުވައްމުލައްސިޓީގެ ހުޅަނގުން އަޅާފައިވާ ކަނދުފައްޗެވެ. މީގެތެރެއިން އައްޑޫސިޓީ ހިތަދޫއާއި، ފުވައްމުލައްސިޓީގެ ބޭރުގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެންދިޔައީ މިދިޔަ މަހުއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. މިއިން ކޮންމެ ކަނދުފައްޗެއް ހަރުކުރުމަށް ދައުލަތުގެ ބަޖެޓުން ދެލައްކަ ފަންސާސް ހާސް ރުފިޔާ ޚަރަދުވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ކަނދުފައްޗަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ