ކަނޑުގެ ދިރުންތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ މީރު އެއް ބާވަތަށް ބޯވަ ވާނެއެވެ.
އިންސާނުންގެ އިތުރަށް ކަނޑުގެ އެހެން މަސްމަހާމެއްސަށްވެސް ބޯވަ މަހަކީ މީރުއެއްޗެކެވެ. އެހެން ނަމަވެސް ކަނޑުގައި އުޅޭ މަސްތަކަށް ބޯވަ އަތުލައިގެން ކެއުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ގިނަ ފަހަރަށް މަރާވެސް ކުރިމަތިލާން ޖެހެއެވެ.
ކޯމަހަށްވެސް ބޯވައަކީ މީރުއެއްޗެކެވެ. އެހެންނަމަވެސް ބޯވަކާން އުޅުމުގެ ތެރޭގައި ކޯމަސް މަރުވުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. ބޯވައިގެ ފައިތައް ކޯމަހުގެ ކަރުތެރޭގައި ހަރުކޮށްލާ ކަރުއެއްކޮށް ބައްދާލައެވެ. މިއާއެކު ކަރުތެރެ ބެދި ކޯމަސް މަރުވެއެވެ. އެހެންނަމަވެސް މިހާރު ކޯމަސް މިވަނީ މިކަމަށް ހައްލެއް ހޯދާފައެވެ. ބޯވަ ކާނެ މޮޅުގޮތްތަކެއް ކޯމަސްތައް މިވަނީ ހޯދާފައެވެ.
އޮސްޓްރޭލިއާގެ ދެކުނުގެ ކަނޑުގެ ސަރަޙައްދުގައި އުޅޭ ކޯމަސްތައް މިގޮތަށް ބޯވަ ކާތަން ވަނީ އެތައް ފަހަރެއްގެ މަތިން ދިރާސާކުރާ ޓީމްތަކަށް ފެނިފައެވެ.
ކޯމަސްތައް ބޯވަ ކެއުމަށް އާއްމުކޮށް ގެންގުޅެނީ ދެ އުކުޅެކެވެ. އެގޮތުން ބައެއް ކޯމަސްތައް ކުރާ ކަމަކީ ކޯމަހުގެ އަނގައިން ބޯވަ ހިފައިގެން ދެފެންދޭރެއަށް ވާގޮތަށް އޮވެ ބޯވަ ނަގާ މޫދަށް ޖަހަނީއެވެ. އެގޮތަށް ގޮސް ބޯވަ މަރާލަނީއެވެ. އަދި އެހެން ގޮސް ބޯވަ ކުދި ބައިތަކަށް ވަކި ވުމުން ދެން ކާލަނީއެވެ.

އެހެން ބައެއް ކޯމަސްތައް ބޭނުންކުރާ އުކުޅަކީ މޫދުން މައްޗަށް ބޯވަ ހޫރަނީއެވެ. އެގޮތަށް ހޫރާހޫރާގޮސް ބޯވަ މަރަލަނީއެވެ. ބޯވަ މަރުވުމުން ދެން ކާލަނީއެވެ.

މިގޮތަށް ކެއުމުގައިވެސް ބޯވަމަރުވެފައި އޮތްކަން ޔަޤީން ނުކޮށް ކައިފި ނަމަ ކޯމަސް މަރުވުން އެކަށީގެންވެއެވެ.
ކާން އުގަދޫ މަސްތައް ކެއުމުގައި ކޯމަސްތައް މިވަނީ ކުރިއެރުންތައް ހޯދާފައެވެ. އެގޮތުން މޫދުގައި އުޅޭ ކުދި މަސްތައް ކެއުމަށްވެސް ކޯމަސްތައް ތަފާތުކޮށްތަކެއް ހޯދާފައެވެ.
One Response
❤❤❤🐬🐬Salhi animal eh I love it❤❤❤