ބޮޑުމަހުގެ ބާވަތެއް ކަމަށް އޯރްކާ ނުވަތަ ކިލަރ ވޭލްތައް ބޯޓުފަހަރުތަކަށް ހަމަލާ ދެމުންދާކަމަށް ބުނެ ބޯޓުފަހަރުތަކުން ކަމާއި ގުޅުންހުރި ފަރާތްތަކަށް ކުރާ ރިޕޯޓަށް ގިނަވެއްޖެއެވެ.
އެގޮތުން ފާއިތުވި 6 މަސް ދުވަސްތެރޭ ސެޕެއިން އަދި ޕޯޗުގަލްއާއި ދިމާ ބޭރުން ކަނޑުގެ ސަރަޙައްދުން ދަތުރުކުރި ސާޅީހަކަށް ބޯޓުން ވަނީ އޯރްކާތައް ބޯޓަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މިފަދަ ފުރަތަމަ ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުއެވެ. އަދި އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުއެވެ.
މި ހިސާބުގައި މިހާރު ގާތްގަނޑަކަށް 60 އޯރުކާ އުޅޭކަމަށް ލަފާކުރެއެވެ. މި އެއްޗެހި އާއްމުގޮތެއްގައި ކައި އުޅެނީ ބުލޫފިން ޓޫނާއެވެ. މިބާވަތުގެ ކަންނެއްޔަކީ މި ހިސާބުން އެންމެ ގިނަ އަދަދަކަށް ބާނާ މަސްވެސްމެއެވެ.
ގިނަ އަދަދަކަށް ބުލޫފިން ޓޫނާ ބާނަމުން ދިޔުމުން އެހިސާބުގައި އޯރުކާގެ އަދަދު 2011 ވަނަ އަހަރު 39 އަކަށް ދަށްވެފައިވެސް ވެއެވެ. މިސަބަބާއި އެކު ބުލޫފިން ޓޫނާ އެހިސާބުގެ ކަނޑުގެ ސަރަޙައްދުން ބޭނޭނެ މިންވަރުވަނީ ދަށްކޮށްފައެވެ.

އޯރްކާއަކީ އެސަރަހައްދުގައި ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެކެވެ.
އޯރްކާއިން މިގޮތަށް ބޯޓުފަހަރުތަކަށް ހަމަލާދޭން މި ފެށީ ކީއްވެ؟ މީގެކުރިން އެތަކެތީގެ އާބާދީއަށް އައި ބަދަލާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމަށް ބޯޓު ފަހަރުތަކަށް މިހާރު ހަމަލާން ދޭން ފެށީބާއެވެ؟ މިއީ އުފެދޭ ސުވާލުތަކެކެވެ.
މި ސުވާލުތަކަށް ޖަވާބު ހޯދުމަށް ކަމާއި ގުޅުން ހުރި ތަޖުރިބާ ކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
މިކަން ދިރާސާކުރަމުންދާ ފަރާތްތަކުން މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އެނގޭގޮތުގައި ބޯޓުފަހަރުތަކަށް ހަމަލާ ދިނުމުގައި އަބަދުވެސް އުޅެނީ ފިރިހެން ތިން އޯރްކާއެވެ. ބައެއް ފަހަރު އެތައް ގަޑިއިރެއްވަންދެން ބޯޓުފަހަރަކަށް ދުއްތުރާ ކުރެއެވެ. މިއާއެކު އެބޯޓުގެ ފަޅުވެރިން ތިބެނީ ބިރުން ހަލާކުވެފައެވެ.
މިހާތަނަށް އެއްވެސް އިންސާނަކަށް އަނިޔާއެއް މިކަމުގައި ލިބިފައެއް ނުއެވެ. އެހެން ނަމަވެސް ޕޯޗުގަލްގެ ސަރުކާރުންވަނީ ކުދި އުޅަނދު ފަހަރުތަކުގައި މާ ކަނޑަށް ނުނިކުތުމަށް އަންގާފައެވެ.
One Response
Thee aslu koamahuge baavathe