މަސްވެރިކަމާއި ގުޅޭ

dhoani

މަސްގަތުމުގެ ހުއްދަ އިތުރު ކުންފުނި ތަކަކަށް ދެނީ

3

ކަޅުބިލަ މަސް ގަތުމުގެ ފުރުޞަތު ހުޅުވާލައި އައު ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ވިދާޅުވީ ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ދޭން ނިންމައި އެކަމަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، މަހުން އެކި އުފެއްދުންތައް އުފައްދައި ދިވެހި މަސްވެރިން ބާނާ މަހުން އިތުރު ނަފާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލި ފުރުޞަތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު އެ މިިނިސްޓްރީން ވަނީ ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އެކަމަށް އެދި ޕްރޮޕޯސަލް ހުށައަޅަންޖެހޭގޮތުގެ ގައިޑްލައިނެއްވެސް އާންމުކޮށްފައެވެ. ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީގަޑިތަކުގައި ފިޝަރީޒް މިނިސްޓްރީން ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވ.

މީގެ އިތުރުން މިއަދު އާންމުކޮށްފައިވާ ކަޅުބިލަ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތުގައިވާގޮތުން ދުވާލަކަށް 20 ޓަނަށްވުރެ މަދުން ކަޅުބިލަމަސް ގަންނަ އެއްވެސް ކުންފުންޏަކަށް ވަކި ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ. މި ސިޔާސަތުގައި 9 ކަމެއް ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!