މަސްވެރިކަމާއި ގުޅޭ

76688951_759050541223951_3345363985498112000_o

މަސްވެރިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ގާތްގަޑަކަށް 90 އިންސައްތަ ކޯމަސް ނެތިގެން ހިގައްޖެ: ދިރާސާ

1980 ވަނަ އަހަރުން ފެށިގެން ވިޔަފާރި އުސޫލުން އިންޑިއާ ކަނޑުގައި ކުރަމުން އަންނަ މަސްވެރިކަމުގެ ސަބަބުން ކޯމަހުގެ އާބާދީގެ %90 އިންސައްތަ ނެތިގެން ގޮސްފައިވާކަމަށް ސައިންސްވެރިން ބުނެފިއެވެ. ބައިނަލް އަގުވާމީ ސައިންސްވެރިންގެ ޖަމާއަތަކުން އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި އާދަޔާ ޚިލާފަށް ކޯމަހުގެ އާބާދީ ނެތިގެން ދިއުމުގެ މައިގަނޑު ސަބަބަކީ ދާ ޖަހައިގެން ކަނޑުމަހުގެ މަސްވެރިކަން ކުރުމެވެ.

ކަނޑުމަސް ހިފުމަށް ބޭނުންކުރާ "ގިލްނެޓް"ގައި 100 މީޓަރާއި 30 ކިލޯ މީޓަރާއި ދެމެދުގެ ދިގުމެނެއް ހުރެއެވެ. މި ބާވަތުގެ ދާ ބޭނުންކޮށްގެން މާކަނޑުތަކުގައި މަސްވެރިކަން ކުރުމަކީ މަނާކަމެއް ނަމަވެސް، އާންމުކޮށް ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މަސައްކަތްތަކެއް ނުކުރެވެއެވެ.

ގިލްނެޓް ބޭނުންކޮށްގެން ކުރެވޭ މަސްވެރިކަމުގައި މިޔަރާއި، ވެލާ ކަހަނބާއި، ބޮޑުމަސް އަދި ކޯމަހުގެ އާއިލާއަށް ވަރަށް ނުރައްކާ ބޮޑުކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އަދި މަސްވެރިކަމުގައި ހިފޭ "ބައިކެޗް" ބޭނުން ނުހިފޭ މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ހިފޭ މަހަކީ ކޯމަހެވެ.

ކޯމަސް އާލާވުމަށް ފުރުސަތު ދިނުމުގެ ގޮތުން، މަސްވެރިކަން ވިލަރެސްކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، މައުލޫމާތު އެއްކޮށް ދިރާސާކުރުމާއި އަދި މަސްވެރިކަން ކުރުމުގައި ދެމެހެއްޓެނިވިގޮތަކަށް ކުރެވޭ މަސްވެރިކަމަށް ބަދަލުކުމަކީ މުހިންމުކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!