މަސްވެރިކަމާއި ގުޅޭ

ECODBNMU8AALUbT

ގިނަ ފަރުތަކުން މިޔަރުތައް ހުސްވަނީ

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުންގައި ގިނަ ފަރުތަކުން މިޔަރު ހުސްވެފައިވާކަން ހާމަވެއްޖެއެވެ. ސާވޭކުރުމަށް ހޮވާލެވުނު ކޮންމެ 5 ފަރަކުން 1 ފަރުގައި އެއްވެސް ގޮތަކަށް މިޔަރުތައް ހަރަކާތްތައް ފެނިފައި ނުވެއެވެ.

އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީގެ ޕްރޮފެސަރ ކޮލިން ވިދާޅުވިގޮތުގައި ދުނިޔޭގެ58 ގައުމަކުން ޖުމްލަ 371 ފަރު ދިރާސާ ކުރެވުނުއިރު މިޔަރުތައް ފެނިފައިވަނީ އެންމެ %20 އިންސައްތަ ފަރުތަކުންނެވެ. އެހެންނަމަވެސް އެ ފަރުތަކުގައި އޭގެ ކުރިން މިޔަރުތައް ނޫޅެނީކަމަށް ނުބުނެވޭނެ ކަމަށާއި އަދި އޭގެ މާނައަކީ އެ ފަރުތަކުގެ ގުދުރަތީ ނިޒާމުގައި މިޔަރުގެ ދައުރު އަދާ ނުކުރަނީކަމަށް ޕްރޮފެސަރ ކޮލިން ފާހަގަކުރިއެވެ.

މި ދިރާސާގައި 6 ގައުމެއްގެ 69 ފަރަކުން އެއްވެސް ގޮތަކަށް މިޔަރުތައް ފެނިފައި ނުވެއެވެ. އޭގެ ތެރޭގައި، ޑޮމިނިކަން ރިޕަބްލިކް، ފްރެންޗް ވެސްޓް އިންޑީސް، ކެންޔާ، ވިއެޓްނާމް، ދަ ވިޗްވާޑް ޑަޗް އެންޓިލެސް އަދި ޤަތަރު ހިމެނެއެވެ. މި ގައުމުތަކުގެ ފަރުތައް ދިރާސާކުރުމަށް 800 ގަޑިއިރު ހޭދަކުރެވުނުއިރު ޖުމްލަ ފެނިފައިވަނީ 3 މިޔަރެވެ.

ދިރާސާ ކުރި ޓީމުން ފާހަނގަކުރި ގޮތުގައި މިޔަރުގެ އާބާދީއަށް މިއައި ބަދަލުގެ މައިގަނޑު ސަބަބުތަކަކީ ގެއްލުން ދެނިވި މަސްވެރިކަމާއި މޮނިޓަރކޮށް ބެލެހެެއްޓުމަށް ހަރުދަނާ އުސޫލުތައް ނެތުމެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!