މަސްވެރިކަމާއި ގުޅޭ

D232FD27-0856-42A4-A187-9DA6A71D9672

މާލީ ދަތިކަމުން އަރައިގަތުމަށް އިންޑިއާގެ ރިސޯޓެއްގެ ޕޫލުތަކުގައި މަސް އާލާކުރަނީ

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އެޅުނު ހުރަސްތަކާއެކު އެންމެ ބޮޑު މާލީ ގެއްލުމެއް ލިބެމުންދާ އެއް ސިނާއަތަކީ ފަތުރުވެރިކަމެވެ. މާލީގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެކި ވިޔަފާރިތަކުން ގެންގުޅޭނީ އެކި އުކުޅުތަކެވެ. އެގޮތުން އިންޑިއާގެ ކެރެލާ ސްޓޭޓުގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ "އަވެދާ ރިސޯޓު"އިން މި ދަތިކަމާ ކުރިމަތިލީ ވަރަށް ތަފާތު ގޮތަކަށެވެ.

އާންމު މަސްތަކުގައި ޔޫރަޕްގެ ގިނަ އަދަދެއްގެ ފަތުރުވެރިން އެ ރިސޯޓުން ޚިދުމަތް ހޯދާ ނަމަވެސް ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިން އައުން ހުއްޓި ރިސޯޓުގެ ވިޔަފާރި މިވަނީ ބްނގްރޫޓްވާން ކައިރިވެފައެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށްޓަކައި އެ ރިސޯޓުގެ 150 މީޓަރުގެ ބޮޑެތި ސްވިމިންގ ޕޫލުތައް މިހާރު ވަނީ މަސް އާލާކުރާ ފެންގަނޑުތަކަކަށް ނުވަތަ "ފިޝް ފާމް"ތަކަކަށް ބަދަލުކޮށްފައެވެ.

މާޗް މަހުގެ ތެރޭގައި އިންޑިއާގައި އިއުލާންކުރި ފުރަބަންދާއެކު އެޤައުމުގެ ރިސޯޓުތައް ބަންދުކުރަން ޖެހުމުން ގިނަ ރިސޯޓްތަކަކަށް މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނުކަން މީޑިއާ ރިޕޯޓުތަކުން އެނގެއެވެ.

އަރަބް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަވެދާ ރިސޯޓުން އެ ރިސޯޓުގެ ޕޫލުތަކުގައި އާލާކުރަން ފަށާފައިވަނީ ދެކުނު އިންޑިއާ އާއި މެދުއިރުމަތީގައި ކެއުމަށް މަޝްހޫރު މަހެއް ކަމަށްވާ ޕާލް ސްޕޮޓް މަހެވެ. އެ ރިސޯޓުގެ ޕޫލުތަކުގައި ގާތްގަނޑަކަށް މީގެ 16000 މަސް އާލާކުރަމުންދާއިރު މި މަހަށް ގާތްގަނޑަކަށް 40،000 އެމެރިކާ ޑޮލަރު ލިބޭނެކަމަށް ބެލެވޭއިރު މިއީ އިންޑިއާ ރުޕީސްއިން ބަލާއިރު 3 މިލިއަނާ ގާތްކުރާ އަދަދެކެވެ.

މި މަސްތައް ފުރިހަމައަށް ބޮޑުވުމަށް 8 މަސްދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭއިރު އަންނަ ނޮވެމްބަރުމަސް ހާތާގައި މި މަސްތައް މެދުއިރުމައްޗަށް އެކްސްޕޯޓް ކުރެވޭވަރުވާނެކަމަށް އަވެދާ ރިސޯޓުން ބުނެއެވެ. މިއީ ކޯވިޑް-19ގެ ސަބަބުން ރިސޯޓް ބަންދުކުރަންޖެހުމުން ލިބުނު ގެއްލުންތައް ފޫބެއްދޭވަރުގެ އަދަދެއް ނޫންނަމަވެސް މި ފައިސާއިން ބައެއް ޚަރަދުތައް ފޫބެއްދޭނެކަމަށް އެ ރިސޯޓާ ހަވާލާދީ އަރަބް ނިއުސް އިން ރިޕޯޓް ކޮށްފައިވެއެވެ.

މަސްވެރިކަމަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިއްޖެނަމަމނަފާ ލިބޭނެ ރަނގަޅު ސިނާއަތެކެވެ. މަސްވެރިކަމަކީ ހަމައެކަނި ދޮށި ހިފައިގެން މަހަށް ނުކުމެ މަސް ބޭނުމެއް ނޫނެވެ. މިއީވެސް ގިނަ ފުރުޞަތުތަކެއް ހުރި ސިނާއަތެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!