ރައީސުލްޖުމްހޫރިއްޔާ ޅ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޅ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، މިއަދު ފެލިވަރަށް ވަޑައިގަންނަވަނީ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފެލިވަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި އެ ރަށުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހިންގާ މަސް ބަންދުކުރާ ކާރުޚާނާ ބައްލަވައިލެއްވުމާއި، އެ ރަށުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ފެލިވަރުގައި ރައީސުލްޖުމްހޫރިއްޔާ ބައެއް މަސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފެލިވަރަށް ކުރައްވާ ޒިޔާރަތަކީ ފާދިއްޕޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުގެ ތެރެއިން ކުރައްވާ ޒިޔާރަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ފެލިވަރަށް މި ވަޑައިގަންނަވަނީ، އުތުރުގައި މަސްވެރިކަން ރަނގަޅުވެ ފެލިވަރަށް މަސްކިރުމުގައި ދަތިތަކެއް ދިމާވެ، މަސްކިރަން ދޯނިފަހަރުން ކިޔުގައި ތިބި ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!