ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު، 14/2019 ގެ 17 ވަނަ މާއްދާގެ ހ. ގައި ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން ހުއްދަ މަސްވެރިކަމުގެ ބާވަތްތައް ހިމަނާފައިވެއެވެ. އެއީ
1. ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން
2. ބޮޑުކަންނެލީގެ އަތު ނަނުގެ މަސްވެރިކަން
3. ލޭނުގެ މަސްވެރިކަން
4. ހިބަރުގެ މަސްވެރިކަން
5. ވަދު ނަނުގެ މަސްވެރިކަން
6. ފާނައިގެ މަސްވެރިކަން
7. އެންވެރިކަން
8. ދިރޭ ކުދިމަހުގެ މަސްވެރިކަން (އެކުއޭރިއަމް ފިޝް)
9. ތުތި ބޯވަދިލަމަހުގެ މަސްވެރިކަން
10. ފަރުމަހުގެ މަސްވެރިކަން
11. ފަޅުތެރޭގައި ކުރާ މުށިމަހުގެ މަސްވެރިކަން
12. ހުއިފިލަނޑާއާއި އިހިފަދަ ތަކެތި ނެގުމުގެ މަސްވެރިކަން