breaking

ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެ، ބުރާސްފަތި ދުވަހުން ފެށިގެން ވައިގަދަވެ ކަނޑު ގަދަވާނެ: މެޓް އޮފީސް

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަ، މާދަމާ ތޫފާނަކަށް ބަދަލުވާއިރު، މި ތޫފާނުގެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެންބަރު ވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެއިދާރާއިން ބުނީ 4 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށެވެ.

މެޓްއޮފީހުން ބުނީ މިކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް އެއިދާރާއިން ބަލަމުންދާ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!