މަސްވެރިކަމާއި ގުޅޭ

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން

ރާއްޖޭގައި ވިޔަފާރި އުސޫލުން، ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރުމުގެ ބޭނުމުގައި ތައާރަފް ކުރެވިގެން ދިޔަ ތުތި ބޯވަ ދިލަމަހުގެ މަސްވެރިކަން އެންމެ އަކަށީގެން ވާ ގޮތަކަށް ކުރިއަރައިގެން ނުދެއެވެ. އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ބާނާ މަސް ކިރުވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމެވެ. އަދި ރާއްޖޭގައި ތުތި ބޯވަދިލަ މަސް ބާނާ މިންވަރު ވަރަށް މަދުވުމުން، ރާއްޖެއިން ބޭރު ބާޒާރަށް މަސް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ހުރި ނަމަވެސް، އެ ދާއިރާއަށް އިންވެސްޓް ކުރަން ޖެހިލުންވާނެއެވެ. އެހެންނަމަވެސް، ރާއްޖޭގައި މިހާތަނަށް ތުތި ބޯވަ ދިލަމަސް ބާނަން ނުކުން ގިނަ މަސްވެރިންވަނީ އެ މަސްވެރިކަމަކީ ކުރަން ރަގަޅު އަދި މަދު ފަޅުވެރިނާއި އެކު ދެމެހެއްޓެނިވި ގޮތުގައި ކުރެވިދާނެ މަސްވެރިކަމެއްކަން ފާހަގަކޮށްފައެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ދަނީ ފަތިހު 4 ޖަހާކަންހާިރުއެވެ. ބޭނުން ކުރާ އާލާތްތަކަކީ ލޭނެއް ގޮތަށް ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. އިރު އެރުމުގެ ކުރިން ލޭނު އަޅާ ނިންމަންވާނެއެވެ.

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!