މަސްވެރިކަމާއި ގުޅޭ

kamana

މިދިޔަ އަހަރު އެންމެ ގިނައިން މަސްކިރުވި ދޯނީގެ އެވޯޑް "ކަމަނަ" ދޯންޏަށް

މިދިޔަ އަހަރު އެންމެ ގިނައިން މަސްކިރުވި ދޯނީގެ އެވޯޑް ގދ. މަޑަވެލީ "ކަމަނަ" ދޯނިން ހޯދައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދޯނިން މިދިޔަ އަހަރު މަސް ގަންނަ ކުންފުނި ތަކަށް ކަމަނަ ދޯނިން 675 ޓަނު މަސް ކިރުވާފައިވާ ކަމަށެވެ.

މި އެވޯޑަކީ ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ދޯނިފަހަރުގެ ތެރެއިން މަސް ގަންނަ ކުންފުނިތަކަށް އެންމެ ގިނައިން މަސް ކިރުވާ ދޯންޏަކަށް ފިޝަރީޒް މިނިސްޓްރީން ކޮންމެ އަހަރަކު މަސްވެރިންގެ ދުހަވާއި ގުޅިގެން ދޭ އެވޯޑެކެވެ.

35 މަސްވެރިންނާއެކު މަހަށްދާ މި ދޯންޏަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯންޏެކެވެ.

 

ގދ. މަޑަވެލީ "ކަމަނަ"

މި ދޯންޏަކީ ގދ. މަޑަވެލީ މަސްވެރި އާއިލާއަކަށް ނިސްބަތްވާ ދޯންޏެކެވެ.

މި ދޯނީގެ ކެޔޮޅާ ބެހޭ މައުލޫމާތު ތިރީގައިމިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

މަސްވެރިކަމަކީ އާމްދަނީ ހޯދަން ކުރަން ހަމަ އެންމެ ރަނގަޅު މަސައްކަތް: ކެޔޮޅު ޝަފީޤް

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.