Image 2020-12-12 at 11.08.59

މަސްދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 3 މީހުން ފިހިއްޖެ

"ވިލާ ވާލި 13" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 3 މީހުން ފިހިއްޖެއެވެ.

އެމްއެންޑީއެފްއިންބުނީ މ.ކޮޅުފުށީގެ 26 މޭލު ބޭރުން "ވިލާ ވާލި 13" ދޯނީގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ 3 މީހުން ފިހިފައިވާކަކަށެވެ. އަދި ޒަހަމްވި މީހުން ގޮވައިގެން އަވަސް ފަރުވާ ދިނުމަށް ސީއެމްބިއުލެންސްގައި މ.މުލީ ރީޖިނަލް ހޮސްޕިޓަލަށް ދަތުރު ކުރަމުންދާކަމަށް އެމްއެމްޑީއެފުން ބުނެއެވެ. ޒަހަމްވި 3 މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި، ބިދޭސީ އެކެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9 ޖަހާކަން ހާއިރު ކަމަށާއި، ދޯނީގައި ރޯވި އަލިފާން ނިއްވާލީ ދޯނީހެ މަސްވެރިންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!