ކޫއްްޑޫ އައިސްޕްލާންޓް ހަލާކުވެ އައިސްވިއްކުން ހުއްޓާލައިފިއެވެ.
މިފްކޯއިން ބުނީ ކޫއްޑޫ އައިސްޕްލާންޓް ހަލާކުވުމުގެ ސަބަބުން މިއަދު ކޫއްޑޫން މަސްވެރިންނަށް އައިސް ނުލިބޭނެކަމަށެވެ. އައިސް ޕްލާންޓް ހެދޭނެ ދުވަހެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގެ ދެކުނުގައި އެންމެ ގިނައިން މަސްވެރިންނަށް އައިސް ދޫކުރަނީ ކޫއްޑޫއިންނެވެ.
މި ދުވަސްވަރަކީ މަސްވެރިންނަން ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. އުތުރުގައި މަސް ނުކިރި އެތައް ދޯންޏަކުން މިހާރުވެސް ތިބީ ފެލިވަރުން ނަމްބަރު ނަގައިގެން މަސްކިރަން ކިޔުގައެވެ. މަސްކިރެނީ ނަމްބަރު ނަގާތާ ހަފްތާއެއް ފަހުން ކަމަށް މަސްވެރިން ބުނެއެވެ.



