ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ

މަސްވެރިން ތަމްސީލުކުރާ ދުނިޔޭގެ މައި ޔޫނިއަނުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނަށް މަރުހަބާ ކިޔައިފި

މަސްވެރިން ތަމްސީލު ކުރާ ދުނިޔޭގެ މައި ޔޫނިޔަންގެ އޭސިޔާ ޕެސިފިކް ސަރަހައްދުގެ ޖެނެރަލް ސެކްރެޓެރީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އުފެދުމާއި ގުޅިގެން އެ ޖަމްއިއްޔާއަށް މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މިކަމަކީ ބޮޑުކަންނެލި މަސްވެރިންގެ ބުރަ މަސައްކަތް ދުނިޔޭގެ ސަމާލުކަމަށްގެންނަން ލިބިގެންދާނެ ފުރުސަތެއްކަމަށެވެ.
"ބީ ކޭ އެމް ޔޫ އަށް މަރުހަބާކިޔަމުން ސެކެޓްރީ ޖެނެރަލް ވަނީ މަސްވެރިންގެ ހިއްވަރަށް ސާބަސް ދެއްވާފަ. އަދި އެޖަމާއަތުގެ އެއްބާރުލުމާއި އެހީތެރިކަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނަށް ދެއްވާނެ ކަމަށް ބުނެފައިވޭ. މީ ބޮޑުކަންނެލި މަސްވެރިން ގެ ބުރަ މަސައްކަތް ދުނިޔޭގެ ސަމާލުކަމަށްގެންނަން ލިބިގެންދާނެ ފުރުސަތެއް! ހިއްވަރު ގަދަ ކުރައްވާ ! އެންމެ ތަންފުކެއްވެސް ދޫނުދެއްވާތި." ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހު އެވެ. ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ކަނޑުމަތީގައި ބޭއްވި ޖަލްސާއަކީ އެންމެ ގިނަ ދޯނިފަހަރުން ބައިވެރިވެން މިހާތަނަށް ކަނޑުމަތީގައި ހިންގި އެންމެ ބޮޑު ހަރަކާތެވެ. މި ޖަލްސާ ވެގެންދިޔައީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ފުރިހަމަ ޖަލްސާއަކަށެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިންގެ ހައިބަތު ދައްކާލި ޖަލްސާއަކަށެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!