ޤަވާއިދާ ޚިލާފަށް ކަނދުފަތި ބޭނުންކުރާ ދޯނިފަހަރުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީގައި މަސްވެރިކަން ކުރާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށާއި އަދި މިފަދަ މައްސަލަތައް މިނިސްޓްރީން ބަލަމުން ގެންދާކަމަށެވެ. ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީގައި މަސްވެރިކަން ކުރާ ދޯނީގެ މަޢުލޫމާތު ޚިއްސާ ކުރާއިރު އެ ދޯންޏަކީ ކޮން ދޯންޏެއްކަން އެނގޭ މިންވަރަށް މަޢުލޫމާތު ހިއްސާ ކުރެއްވުމަށް މިނިސްްޓްރީން ބުނެއެވެ. މި މަޢުލޫމާތު ހިއްސާ ކުރުމުން އެކަން ބެލުމަށްފަހު އެ ދޯންޏަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަން ކުރާ ނަމަ މިފަދަ ދޯނިފަހަރުގެ ފޮޓޯއާއި ވީޑިއޯ މިނިސްޓްރީއާއި ހިއްސާ ކުރުމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިގޮތުން މިނިސްޓްރީގެ ފޭސްބުކް ޕޭޖް، ޓްވިޓަރ އަށް މެސެޖްކޮށްގެންވެސް މަޢުލޫމާތު ޚިއްސާ ކުރެވޭނެ ކަމާށާއި، އަދި މިނިސްޓްރީއަށް ގުޅައިގެންވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ޤަވާއިދާ ޚިލާފަށް ކަނދިުފަތި ބޭނުންކުރި 3 ދޯންޏެއްގެ ކެޔޮޅުންނާއި އޮޑިވެރިންނަށް މިހާރުވެސް ވަނީ ފިޔަވަޅު އަޅާފައެވެ. މިއިން ކޮންމެ ފަރާތެއް 5000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުންމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ.




3 Responses
ގަވާއިދާ އެއްގޮތަށް މަސް ވެރިކަން ކުރަނީ ކޮން ބައެއްތޯ ވެސް ބަލަން ޖެހޭ
މިއަދު ހުއްދަ ނޫން ގޮތްގޮތަށް ޑައިވިން ކޮށް އެން ހިފާ ކިތައް ފުރާނަ ގެއްލެނީ. މިކަން ވެސް ބަލަންޖެހޭ
Kadhufathi kaureega regards light dhillaigen thibumakeeves manaa kameh noontha? Baeh kanneli dhoni faharun mi gothah amalu kurumun kadhufatheega henna mas anehdhuvahu noolhey kamah vanee.