ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ

ބޮޑުކަންނެލީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ބޮޑުކަންނެލީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފަށައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ބޮޑުކަންނެލި މަސްވެރިކަން ކުރާ މީހުންގެ ޖުމްލަ އަދަދު އެނގިފައިއޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. މި ދަފްތަރު އެކުލަވާ ލުމުގެ މަސައްކަތް ވަރަށް ވާރަށް ކުރިއަށްދާކަމަށާއި، މި ދަފްތަރު އެކުލަވާލާ ނިމުމުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި އަމަަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، އަދި މި މަސައްކަތުން ކައިގެން ބޮއިގެން އުޅޭ މީހުންގެ އަދަދު ސާފުވެގެންދާނެކަމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި ކަންނެލީގެ މަސްވެރިކަން ކުރާ 380 އަށްވުރެ ގިނަ ދޯނި އޮންނަ ކަމަށް ލަފާކުރެވޭކަމަށާއި މި ދަފްތަރު އެކުލަވާ ނިމުމުން ކަންނެލި މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ސީދާ އަދަދު އެނގިގެންދާނެކަމަށް ނަޝީދު ވިދާޅުވިއެވެ. މިމަސައްކަތް ކުރިއަށް ގެންދާއިރު އޮޑިވެރިންނާއި ކެޔޮޅުންގެ ފަރާތުންގެ ލިބޭ އެއްބާރުލުން ނަޝީދު ފާހަގަކުރެއްވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން ރަސްމީކޮށް އިފްތިތާހުކުރީ މިއަހަރުގެ މަސްވެރިންގެ ދުވަހު އެވެ. އެ ޖަމްއިއްޔާ ވުޖޫދުވިފަހުން ބޮޑުކަންނެލީގެ މަސްވެރިންގެ އަޑު ވަރަށް ބޮޑަށް ގަދަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެޖަމްއިއްޔާއިން ގެންދަނީ ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި މައިގަނޑު ގޮތެއްގައި ކުރަނީ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަމެވެ. އަދި ފާނަ މަސްވެރިކަމާއި، ހިބަރުގެ މަސްވެރިކަމަކީ ބައެއް އަތޮޅުތަކުގައި ކޮށްއުޅޭ މަސްވެރިކަމެވެ. އަދި ފަރުމަހުގެ މަސްވެރިކަމާއި ހުއިފިލަނޑާ ނެގުމާއި، އިހި ނެގުމަކީވެސް ބައެއް މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. ނަމަވެސް މިއިން އެއްވެސް މަސްވެރިކަމެއްގައި ޝާމިލްވާ މީހުންގެ އަދަދެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!