breaking

މަސްވެރިން ފެލިވަރުގައި މުޒާހަރާ ކުރަނީ

3:55- މުޒާހަރާ އާ ގުޅިހެން ފެލިވަރަށް އިތުރު ފުލުހުން ފުރައިފި.

11:00- ފެލިވަރު ބަނދަރުގައި އިހުތިޖާޖު ކުރާ މަސްވެރިން ފެލިވަރަށް އަރައިފި.

10:15- މުޒާހަރާއާއި ގުޅިގެން ފުލުހުން ފެލިވަރުގައި ހަރަކާތްތެރިވާން ފަށައިފި.

10:00- މަސްވެރިންގެ މުޒާހަރާއަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ތާޢިދު ކޮށްފި.

"މަސްވެރިން އަޑު އުފުލަނީ ހަމަ ހަޤީޤަތުގަވެސް ކަންބޮޑުވުން އިންތިހާއައް ބޮޑުވީމަ. ބާނާ މަސްކޮޅު ނުކިރި ކިރާ މަސްކޮޅަށް ހަމަ އަގު ނުލިބި މަސްވެރިންނާއި މަސްވެރި އާއިލާތައް ބިކަވަމުންދާކަމީ އެންމެންގެ ލޮލަށް ފެންނަމުންދާ ހަޤީޤަތް." ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން

9:30- އަހަރެމެން އެދެނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރަން: މުޒާހަރާގެ ބައިވެރިން.

މަސްވެރިން ފެލިވަރުގައި މުޒާހަރާ ކުރުމަށް ފުރައިފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން މި މުޒާހަރާގައި ބައިވެރިވާ ކެޔޮޅަކު ބުނީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވޭތޯ ވަރަށް ދުވަހު ކެތްކޮށްފި ކަމަށާއި، މަސްވެރިން އިހުތިޖާޖަށް ނިކުންނަށް ޖެހުނީ ކަންކަން ގޯހުން ގޯހަށް ދިއުމުން ކަމަށެވެ. މި މުޒާހަރާގައި މައިގަނޑުގޮތެއްގައި އަޑުއުފުލާނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް ކެޔޮޅު ބުންޏެވެ.

ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރުމަށް މަސްދޯނިތައް ފެލިވަރާ ދިމާލަށް ވަނީ ދަތުރު ފަށާފައެވެ. މި އިހުތިޖާޖުގައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރެވެ.

އިހުތިޖާޖު ކުރުމަށް ފެލިވަރާ ދިމާލަށް ދަތުރުކުރަމުންދާ ބައެއް މަސްދޯނި ފަހަރު

"އަހަރެމެން މިދަނީ ޝުޢޫރު ފާޅުކޮށްލަން. ވަރަށް ދުވަހު ކެތްކުރެއްވިއްޖެ. މިކަން ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާނުލާނަން. މިއަދު ވިއްސާރަވީމަ ގިނަ ދޯނިފަހަރަށް ފެލިވަރަށް ނާދެވުމަސް މިހާރުވެސް ވިއްްސަކަށް ދޯނި އެބަ އާދޭ." ފެލިވަރަށް ދަތުރުކުރަމުންދާ ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ.

ތަފްސީލް އަންނަނީ..................

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Kalo men haadha vareh huttey ibu hovunu dhuvahu. Heevee mas verinnah verikan libunu hen. Dhen thibey bovifa.
    Boan ulhunu bondi tho bovine. Anga nugalhaa.

  2. ކަލޯގަޔާ މޮޔަގޮވަން ފެށީތަ، ކީކިމިނި އެއީ އަމިއްލަ ފަރުފެއްގެ އިންވެސްޓެއް، ބަޔަކު ހަޅޭލަވާއިރައް ބައެއްގެ މުދަލެއް ސަރުކާރައް ނެގޭތަ . މޮޔަނުގޮވާ. ސަރުކާރުން ކަމެއް ކޮއްދެންޔާ އަމިއްލަ ހަދާފަ މަސްވެރިންނައް ދީބަލަ.