އަހަރެމެން އެދެނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން: ފެލިވަރުގައި އިހުތިޖާޖު ކުރާ މަސްވެރިން

breaking

އަހަރެމެން އެދެނީ ރައީސުލްޖުމްހޫރިއްޔާއާ އިބްރާހިމް މުޙައްމަދު ސޯލިހާ ބައްދަލުކުރަން ކަމަށް ފެލިވަރުގައި އިހުތިޖާޖު ކުރާ މަސްވެރިން ބުނެފިއެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ފެލިވަރު ބަނދަރުގައި މުޒާހަރާ ކުރަމުންދާ މަސްވެރިންބުނީ މަސްވެރިންނަށް މިތިބީ ވަރަށް ހާލުގައި ކަމަށެވެ. އަދި މިދަތިތައް ހައްލުކުމަށް ރައީސް ސޯލިހާ ބައްދަލުކޮށް އަވަސް ހައްލެއް ބޭނުންވާކަމަށް މަސްވެރިން ބުންޏެވެ.

"މި ސަރުކާރު ގެނައީ އަހަރެމެންގެ ވެސް މަސައްކަތުން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް އަހަރެމެންނާ ބައްދަލުކުރެވެން ޖެހޭނެ. އަހަރެމެންގެ އެންމެ ބޮޑު ޑިމާންޑަކީ އެއީ. މިފްކޯއަކީ ނަމެއް ނޫން. އެއީ އަހަރެމެންގެ ހިތާ ގުޅިފައިވާ ނަމެއް. މިއަދު މި ވިއްސާރައިގައި އަހަރެމެން މި އިހުތިޖާޖު ކުރަނީ ހައްޤު ހޯދަން. މިކަން ކޮޅެއްގައި ޖައްސާފަ ނޫނީ ހުއްޓާ ނުލާނަން". ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރަމުންދާ މަސްވެރިޔަކު ބުންޏެވެ.

ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރަމުންދާ މަސްވެރިން ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިސްތިއުފާއަށް ގޮވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މަސްވެރިކަމަކީ ވިޔަފާރިއެއް. އެއްވެސް ވިޔަފާރިއެއް ގެއްލުންވާ ގޮތަކަށް ނުހިނގޭނެ. ހަމަ އަގަކީ ސިޔާސީ ވާހަކައެއް. ވިޔަފާރިއެއްގައި ހަމަ އަގަކީ ފައިދާވާ އަގު. ވިސްނަންވީ އެ އަގު މަތިކުރެވޭނެ ގޮތެއް.

ފަހުގެ