މަސްވެރިންނަށް ދިމާވާ ދަތިތަކަށް އެކަށީގެންވާ ޙައްލެއް ނުލިބުމާއެކު އެކަންކަމަށް އަޑުއުފުލައި ދިވެހި މަސްވެރިން ފެލިވަރުގައި ކުރަމުން ގެންދާ މުޒާހަރާއާއި ގުޅިގެން އިތުރު ފުލުހުން ފެލިވަރަށް ހިނގައްޖެއެވެ.
މިފަހަރު ފުލުހުން ފެލިވަރަށް އަރާފައިވަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޝީލްޑް ފަދަ ޚާއްސަ އާލާތްތަކާއެކުގައެވެ.
ފުލުހުން ފެލިވަރުގެ ޖެޓީ ކޯޑަން ކޮށްފައި ވަނިކޮށް މަސްވެރިން ވަނީ ފުލުހުންގެ ސަފު ފަހަނައަޅައި ރަށުތެރެއަށް އަރާފައެވެ. މާބޮޑު ހަމަނުޖެހުމެއް މިހާތަނަށް ހިނގާފައި ނުވިނަމަވެސް، 100 އެއްހައި މަސްވެރިން މިހާރުވެސް ފެލިވަރުގައި އިޙްތިޖާޖުކުރަމުން އެބަގެންދެއެވެ. މަސްވެރިން ބުނަނީ އެމީހުންގެ ޑިމާންޑުތަކަށް ހައްލު ނުލިބެނީސް އިހުތިޖާޖު ހުއްޓާނުލާނެކަމަށެވެ.



