އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު މުޒާހަރާގައި ވާހަކަދައްކަވަނީ
އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު މުޒާހަރާގައި ވާހަކަދައްކަވަނީ

ހުރިހާ މަސްވެރިން އެއްބައިވެ އިހުތިޖާޖަށް ނުކުންނަ ދުވަހު ދައުލަތަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުން ވާނެ: އިހަވަންދޫ ކައުންސިލް ރައީސް

މަސްވެރިން އެއްބައިވެ އިހުތިޖާޖަށް ނުކުންނަ ދުވަހު ދައުލަތަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުން ވާނެކަމަށާއި، އޭގެ ކުރިން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިހަވަންދޫ މަސްވެރިން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސް ވިދާޅުވީ، މިއަދު އެބޭފުޅާ އެހުންނެވީ ރަށުގެ ރައްޔިތުން ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވެ، މަސްވެރިންނާއި މަސްވެރިންގެ އާއިލާއަށް ދިމާވެފައިވާ ހިއްދަތި ކަމުގައި ބައިވެރިވެ، އެކަމުގައި އެބޭފުޅާގެ ޝުއޫރުވެސް ފާޅުކުރުމަށްޓަކައި ކަމުގައެވެ. އޭނާ ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ފުއްދައިދޭނެ ކަމަށް ބުނި ވައުދުތައް ނުފުއްދި ގިނަދުވަސްތައް ވުމުގެ ސަބަބުން މަސްވެރިންނަށް ބިކަވެ މާޔޫސްކަން ލިބިފައިވާކަމަށެވެ. މުޅި ބޮޑުތިލަދުންމަތީގައި މަސްވެރިން އެންމެ ގިނަ އަދި އޮޑިދޯނިފަހަރުތަށް ގިނަ ރަށަކީ އިހަވަންދޫ ކަން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުން އެންމެ ބޮޑު ފައިދާއެއް ސަރުކާރަށް ލިބެމުންދާ އެއްރަށަކަށް އިހަވަންދޫ ވެގެންދާނެ ކަމަށާއި، އޯލެވެލް ނިންމާ ކޮންމެ ކުއްޖަކު ދައުލަތަށް ހިދުމަތް ކުރުން ކަމަށް ދެކި ނިކުންނަނީ މަސްވެރިކަމަށް ކަމަށެވެ.

ކަން މިހެން އޮތްއިރު ރައްޔިތުން ފުރިހަމަ މާނައިގައި އިހުތިޖާޖަށް ނިކުމެ ފަނަރަ ވަރަކަށް ދުވަހު މަހަށްނުގޮސް މަޑުކޮށްފިނަމަ ސަރުކާރަށް ބޮޑުގެއްލުމެއް ލިބިގެން ދާނެކަމަށާއި އަދި މީގެ އިތުރުން، ހުރިހާ މަސްވެރިން އެއްބައިވެ އިހުތިޖާޖަށް ނިކުމެއްޖެނަމަ ދައުލަތަށް ފޫނުބެދޭވަރުގެ ގެއްލުން ތަކެއް ލިބިގެންދާނެކަމަށް ވެސް ކައުންސުލްގެ ރައީސް ފާހަގަކުރެއްވިއެވެ. މިހާލަތަށް ދިއުމުގެ ކުރިން މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށާއި، އިހަވަންދޫ އައިސްޕްލާންޓަކީ ސަރައްދީ އައިސް ޕްލާންޓަކަށް ހަދައިދިދުމަށް މުޙައްމަދު ރަޝީދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.


އިހަވަންދޫ މަސްވެރިން ބޭއްވި މި އިހުތިޖާޖުގައި ހއ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އަބްދުލް ހުސައިންވެސް ބައިވެރިވެ މަސްވެރިންގެ ހައްގު ހޯދައިދިނުމަށްއެދި އަޑު އުފުލާފައިވާކަން ފާހަގަ ކޮށްލަންޖެހެއެވެ.

ހއ.އިހަވަންދޫގައި މަސްވެރިން ބޭއްވި މު މުޒާހަރާގައި އެރަށުގެ މަސްވެރިންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ ޝުޢޫރު ފާޅުކޮށްފައެވެ. މި އިހްތިޖާޖުގައި އެންމެ ބޮޑަށް އަޑު އުފުލަމުންދިޔަ މައްސަލައަކީ މަހަށް ހަމަ އަގު ނުލިބުމާއި މަސް ކިރޭނެ ގޮތެއް ނެތުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކައެވެ.

"އަޅުގަނޑުމެންގެ ހުރިހާ ދޯނިތައް ފަޅުގައި އަޅައިގެން މިއަދު މިތިބީ ރީއްޗަކަށް ނޫން. މަސްކިރޭނެ ގޮތެއް ނެތިގެން". މުޒާހަރާގައި ބައިވެރިވި ކެޔޮޅަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!