hjk

ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރާނެ ޕްލޭނަށް އަމަލުކުރަން ފަށައިފި

"ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" އާންމުކޮށް އެއަށް އަމަލުކުރަން ފަށައިފިއެވެ.

މިޕްލޭންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ކުރެވޭ ފަރުމަހުގެ މަސްވެރިކަން ހިންގާ ރޭވުމުގައި ވަކި އިންތިޒާމެއް ގާއިމްކޮށް، ޒިންމާދާރު ގޮތެއްގައި ފަރުމަހުގެ މަސްވެރިކަން ބަލަހައްޓައި މެނޭޖްކޮށް ދިގުމުއްދަތަކަށް މި މަސްވެރިކަމުގެ ފައިދާ ލިއްބައިދިނުމާއި، މިވިޔަފާރި ދެމެހެއްޓެނިވި ގޮތުގައި ތަރަށްޤީ ކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަހަތުވެރިންނަށް މަގުދައްކައި ދިނުމެވެ.

މި ޕްލޭންގައި ރާއްޖޭގައި ހިންގާ ފަރުމަހުގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަށް ހިމެނިފައިވާނެއެވެ. މިގޮތުން ފަރުމަހުގެ މަސްވެރިކަން ކުރުމުން ފެށިގެން އެ ބާވަތްތަށް ޕްރޮސެސް ކޮށް އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް މިޕްލޭން ހިނގާނެއެވެ. މި ޕްލޭންގެ ދަށުން މެނޭޖެ ކުރެވޭނެ ބާވަތްތަކަކީ ފަރުމަހުގެ އެންމެހާ ބާވަތްތަކާއި އެބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ނެގޭ އެހެނިހެން ދިރުންތަކެވެ.

ފަރުތަކަކީ ދިވެހިނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ޚަޒާނާއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމުގާވާ މަސްވެރިކަމާއި ފަތުރުވެރިކަން ބަރޯސާވަނީ މިދެންނެވި ފަރުތަކުގެ ދިރުންތަކަށް ކަމަށްވާތީއެވެ.

މި ޕްލޭން ވެގެންދާނީ ރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސް ކަމުގައި ފިޝަރީޒް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!