ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ

ކަންނެލި މަސްވެރިންގެ އަޑު ނުއިވޭކަން ސާފުވެއްޖެ، ރަނގަޅަށް ކަންބޮޑުވުމުގެ އަޑު އަދި އިއްވާނަން: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ކަންނެލި މަސްވެރިންގެ އަޑު ސަރުކާރަށް ނުއިވޭކަން ސާފުވެއްޖެކަމަށާއި އެހެންކަމުން ކަންނެލި މަސްވެރިންގެ އަޑު ރަނގަޅަށް އަދި އިއްވާނަން ކަމަށްބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ނުރުހުން ފާޅުކޮށްފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ފިޝަރީޒް މިނިސްޓަރަށް ބޮޑު ކަންނެލި މަސްވެރިންނަކީ މި ޤައުމުގެ މަސްވެރިކަން ކުރާ ބައެއްކަން ނޭނގެނީތޯ ސުވާލު އުފައްދާފައެވެ. އަދި ރާއްޖޭ އާބާދީގެ ބޮޑު ބައެއް ބޮޑުކަންނެލި މަސްވެރިކަމުގައި ހިއްސާވާކަމަށާއި، ބޮޑު ކަންނެލި މަސްވެރިންގެ ވާހަކަ ނަންވެސް ނުގަނެވޭ ހިނދު، މަސްވެރިކަމުގެ ބަޖެޓުގައި ބޮޑުކަންނެލި މަސްވެރިންނަށް އޮތީ ސުމެއްކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.

ބޮޑުކަންނެނި މަސްވެރިންގެ ޔޫނިއަނުން އެ އިޝާރާތްކުރީ ރޭ ބޭއްވި އެއްބައިވަންތަ ކަމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށެވެ. މި ޖަލްސާގައި މިފްކޯގެ ހާލަތު ބަޔާންކޮށްދެއްވާ ދޮށީގެ މަސްވެރިންގެ ވާހަކަ ރައީސްގެ ހިއްޞާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި މަސްވެރިންގެ ވާހަކަ ދެއްކެވީ މަސްވެރިންގެ އަޑު ރައީސުލްޖުމްހޫރިއްޔާއަށް އިއްވަންކަމަށްބުނެ މަސްވެރިން ބޮޑުމުޒާހަރާއަކަށް ތައްޔާރުވާން ފެށިކަން އިއުލާނުކުރިތާ އިރުކޮޅެއް ފަހުންނެވެ.

"ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް އަދި ފިޝަރީޒް މިނިސްޓްރީއަށް ބޮޑު ކަންނެލި މަސްވެރިންނަކީ މި ޤައުމުގެ މަސްވެރިކަން ކުރާ ބައެއްކަން ނޭނގެނީބާ! ރާއްޖޭ އާބާދީގެ ބޮޑު ބައެއް ބޮޑުކަންނެލި މަސްވެރިކަމުގައި ހިއްސާވޭ! ބޮޑު ކަންނެލި މަސްވެރިންގެ ވާހަކަ ނަންވެސް ނުގަނެވޭ ހިނދު، މަސްވެރިކަމުގެ ބަޖެޓުގައި ބޮޑުކަންނެލި މަސްވެރިންނަށް އޮތީ ސުމެއް! ބޮޑު ތަނުން ބޮޑުކަންނެލި މަސްވެރިންނަށް ވަނީ އިހުމާލު ވެފައި! ކަންނެލި މަސްވެރިންގެ ކަންބޮޑުވުމުގެ އަޑު ނުއިވޭކަން ސާފުވެއްޖެ، އިރާދަކުރެއްވިއްޔާ ރަނގަޅަށް ކަންބޮޑުވުމުގެ އަޑު އަދި އިއްވާނަން!" ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުންޏެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ބޮޑު ތަނުން އިހުމާލުވެފައިވާކަމަށެވެ. މިމަހުގެ10 ވަނަ އިފްތިތާހުކުރި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއަކީ ކަންނެލީގެ މަސްވެރިކަން ކުރިއަރުވައި ކަންނެލި މަސްވެރިންގެ ހައްޤުގައި އަޑުއުފުލާ ވަރަށް ހަރަކާތްތެރި ޖަމްއިއްޔާއެކެވެ. އެޖަމްއިއްޔާ އިފްތިތާހުކުރުމަށް ބޭއްވި ޖައްސާގައި އެތައް ކަންނެލި ދޯންޏެއް ބައިވެރި ކަންނެލި މަސްވެރިންގެ ހައިބަތު ވަނީ ދައްކާލާފައެވެ. މިއީ އެންމެ ގިނަ މީހުން ބައިވެރިވެގެން ރާއްޖޭގެ ކަނޑުމަތީގައި ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!