މަސްވެރިކަމާއި ގުޅޭ

ލައްފަތާ - ފޮޓޯ: ރީފްލައިފް ސާވޭ

ލައްފަތާ

ލައްފަތާއަކީ ޢާއްމުކޮށް ވިލުވިލާއި ފަރުފަރުގެ ފުންހިސާބުގެ ގާތަކުގެތެރޭގައި އުޅޭމަހެކެވެ.

މިބާވަތް ގިނައިން ފެންނަނީ ބައިގަޑުގަޑަށެވެ. މިއީ ރާއްޖޭގެ މަސްވެރިން މަދުމަދުން ބޭނުންކުރާ އެމެކެވެ. އެހެނިހެން ގިނަ އެމުގެ ބާވަތްތަކަށްވުރެ އަޑިން ހިފާއެމެކެވެ. މިއީ ބޯއްޖާއެކު އުޅޭ ބާވަތެއް ކަމަށްވުމާއެކު ދިވެހިމަސްވެރިން އެންދަމާއިރު މިބާވަތް ގިނައިން ހިފިފައިހުންނަނީ ބޯއްޖާއި އެކުގައެވެ. މިމަސް އެންމެ ބޮޑުވަނީ 9 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ނުވަތަ 7 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 ނުވަތަ 8 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 15 އާއި 18 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 14 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑު ބޮލުގެދިގުމިނަށްވުރެ ހުރެވެ. މަހުގެ އަނގަ ބޮޑެވެ. ލައްފަތާގެ ކުލައަކީ ރަތްކުލައަކަށްދާ ރަންރީނދޫ ކުލައެވެ. އަދި މަހުގެ އަރިމަތީގައި ވަރަށް ފަނޑުކޮށް މަހުގެދިގަށް ވިއްސަކަށް ރޮނގު ދެމިފައިހުރެއެވެ. މަހުގެ ނިގޫކޮޅުގައި ވަރަށް ފާޅުކޮށް ކަޅުކުލައިގެ ލަޕެއް ހުރެއެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ ރީނދޫކުލައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Redbarred cardinalfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!