kandhufathi

ގދ .ފިޔޯރީ ބޭރުން އަޅާފައިވާ ކަނދުފަތި ކަނޑައިގެންގޮސްފި

ގދ .ފިޔޯރީ ބޭރުން އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފިއެވެ.

މިކަނދުފަތި ހަރުކޮށްފައިވަނީ ފިޔޯރީގެ އިރުދެކުނުން 12.5 ނޯޓިކަލް މޭލު ބޭރުގައެވެ. މިކަނދުފައްޗަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މަހުގެ 23 ވަނަ ދުވަހު ހަރުކުރި ކަނދުފައްޗެކެވެ. މި ކަނދުފަތީގެ ބޮއި ނަމްބަރަކީ 511 އެވެ.

ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް ހަރުކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ވަނީ ފަށާފައެވެ. މިގޮތުން އައްޑޫސިޓީ ބޭރުން ކަނޑައިގެންދިޔަ 2 ކަނދުފަތި މިދިޔަ މަހު ވަނީ އަޅާފައެވެ. އަދި ފުވައްމުލައްސިޓީ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތިވެސް މިދިޔަ މަހު ވަނީ ހަރުކޮށްފައެވެ. އޮއިވާލި ކަނދުފަތި ހަރުކުރިމުގެ މަޝްރޫޢުއަކީ މަސްވެރިންގެ ލާބައާ މަންފާއަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ކާމިޔާބު މަޝްރޫޢު ކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!