މިފްކޯއަކީ ކުޑަ ކުންފުންޏެއް ނޫން ކަމަށާއި ވަސީލަތްތަކަށް ބެލިޔަސް މިފްކޯ އަމިއްލައަށް ކުރިއަށް ދެވޭނެކަމަށް ފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ފައުޒީ ވިދާޅުވީ، ދުނިޔެއަށް ކުރިމަތި ވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަނެވި، މިފްކޯ ތަރައްޤީވެ ނިމޭއިރު އެކުންފުނި އޮންނާނީ ޕްރޮސެސިންއަށް ރަނގަޅަށް ފައްކާވެފަ ކަމަށެވެ.
ފަސްމީރުގެ ޕްރޮޑުކްޓްތަކަކީ މުޅި ދުނިޔެއަށް މަޝްހޫރު ޕްރޮޑެއްޓްތަކެއް ކަމަށް ފާހަގަކޮށް ފައުޒީ ވިދާޅުވީ އިތުރު ލޯކަލް ޕްރޮޑަކްޓްތަށްވެސް ބޭރުގެ މާރކެޓްތަކަށް ނެރެން ބޭނުންވި ނަމަވެސް ޕެކް ކުރާ ތަނުގައި ކެޕޭސިޓީގެ ޖާގަ ނެތުމުގެ ސަބަބުން އެކަން ކުރަން އުދަނގޫތަކެއް އެބަހުރި ކަމަށް ފައުޒީ ވިދާޅުވިއެވެ. ނަމަވެސް މިފްކޯ ތަރަށްޤީވެ އާ ފެކްޓްރީ އުފެދިގެން ދިއުމުން ލޯކަލް މާރކެޓަށް އިތުރު ޕްރޮޑަކްޓްތަށް ނެރެން ރެސާޗް އެންޑް ޑިވެލޮޕްމަންޓަށް ބޭނުން ކުރާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ ފެލިވަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންޓްގެ ރިޕޯޓިންގ ސްޓޭޖް ނިމެނީ ކަމަށާއި، ފަނަރަ މަސް ދުވަހާއި އަށާރަ މަސް ދުވަހުގެ ތެރޭގައި މިފްކޯ ތަރައްޤީވެ ވުޖޫދެއް އަންނާނެ ކަމަށެވެ. ފައުޒީ ވިދާޅުވީ މިހާރު އެންމެ ބޮޑަށް ކުރަމުންދާ މަސައްކަތަކީ ފެލިވަރު ތަރައްޤީކޮށް ހުޅުވުމުގެ ކުރިންވެސް މަސްވެރިން މިހާރު ފާޅުކުރަމުންދާ ކަންބޮޑުވުން ތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމުގައެވެ.
ފައުޒީ ވިދާޅުވީ އޭނާ އަކީ ވަރަށް ކުރިއްސުރެ މިފްކޯގައި މަސައްކަތް ކުރަމުން އައި މުވައްޒަފެއް ކަމަށާއި، މިފްކޯގެ ހާލަތު ވަރަށް ކައިރިން ފެނި ހާލަތު ވަރަށް ރަނގަޅަށް އިނގޭކަމަށެވެ.
މިފްކޯ މިހާރު ހިންގަމުން ގެންދަނީ އެސްޓީއޯގެ ބެލުމުގެ ދަށުންނެވެ.
One Response
މިފްކޯ އަށް ދިމާވެގެން އުޅޭ މަށްސަލަ ހައްލު ކުރެވޭނީ އެމީހެއްގެ ދަށުން މަސަތް ކަތް ކުރާން ތިބި ބައެއްގެފިއްތުން ތަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅަން ކެރޭވަރު ވެރިޔަކު މިފްކޯ ހިންގުމާއި ހަވާލު ކުރެވިގެންނެވެ.