މަސްވެރިކަމާއި ގުޅޭ

kanneli

މާ ލަސްތަކެއްނުވެ ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލް ކުރެވޭނެ: ފިޝަރީޒް މިނިސްޓްރީ

މާ ލަސްތަކެއްނުވެ ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލް ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދިން މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، ކަންނެލި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ކަންނެލީގެ އަގު ރާސްލާފައި ވެއްޓިގެންދާ ދިއުމަކީ ވަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި މިކަން ހައްލުކުރުމުގެ ގޮތުން ކަޅުބިލަމަހުގެ އަގެކޭ އެއްގޮތަށް ފްލޯ ޕްރައިޒްއެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

"ފެށުނީއްސުރެ ދޮށީގެ މަސްވެރިކަމަށް ފްލޯ ޕްރައިޒްއެއް ކަނޑައެޅިފަ އޮވޭ. ޕްލޯ ޕްރައިޒް އަކީ ބޮޑަށް މަސްވެރިންނަށް ލިބޭ ރައްކަލަކަށް އޭތި އޮތީ. އެކަމަކު ޕްލޯ ޕްރައިޒް ކަލްކިއުލޭޓު ކުރަނީ މަސް ގަންނަ ކުންފުނިތަކުގެ ހަރަދާއި އާމްދަނީއާއި އަދި މަސްވެރިންގެ ހަރަދާއި އާމްދަނީއަށް ބަލާފަ ދެފަރާތަށްވެސް ގެއްލުން ނުވާނެކަހަލަ އަގެއް އަޅުގަނޑުމެން މި ކަނޑައަޅަކީ. އައަގަށްވުރެ ދަށުން މަސް ގަތުން މަނާ ކުރަނީ ފްލޯ ޕްރައިޒްގަ. ކަންނެލީގެ މަސްވެރިންނަށް ފްލޯ ޕްރައިޒް ޤާއިމް ކުރުމަށް އެންމެ ފަހު މަރުހަލާގަ މިހާރު މިއޮތީ. މާ ލަސްތަކެއް ނުވެ އެކަން ކުރެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަސްވެރިކަން ރަނގަޅުވެގެން ގިނަ ދޯނިފަހަރުން އެއްފަހަރާ އައިމާ އަގު ރާސްލާފައި ވެއްޓިގެން ދާ ދިއުމަށް ހައްލެއް ގެނެވޭނެ ކަމެއް ފްލޯ ޕްރައިޒްމީ." ޒިޔާދު ވިދާޅުވިއެވެ.

މަސްވެރިން އެމްވީއަށް އެނގިފައިވާ ގޮތުގައި ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލް ކުރުމާ ގުޅޭ ޤަވާއިދު އެކުލަވާލުމަށްފަހު ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފަ އޮންނަތާ 3 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް މިއަދާ ހަމައަށް މި ޤަވާއިދު ގެޒެޓްކޮށްފައެއް ނުވެއެވެ.

“ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާ އަކީ އަގުގެ މައްސަލަ. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އޮންނާނެ ކަންނެލީގެ އެންމެ ދަށް އަގު ކަނޑައެޅުން. އަގު ކޮންޓްރޯލް ކުރުން. އަޅުގަނޑުމެން އެދިމާލަށް މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑްގެ ހާލަތު އައީ. މިހާރު މިއޮތީ ފްލޯ ޕްރައިޒެއް ކަނޑައެޅުމަށް ޤަވާއިދެއް އެކުލަވާލާ ގެޒެޓް ކުރުމަށް ފޮނުވިފަ. ވަރަށް އަވަހަށް ގެޒެޓް ކުރެވި ކަންނެލި ގަންނާނެ އެންމެ ދަށް އަގެއް ކަނޑައެޅޭނެ”. މިދިޔަ އަހަރު އޮކްޓޫބަރު މަހު 3 ވަނަ ދުވަހު އާދަމް ޒިޔާދު ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!