މަސްވެރިކަމާއި ގުޅޭ

Image 2020

ކަންނެލި ބޭރުކުރާ ކުންފުނިތަކަށް "ފުދޭ ވަރަށް" ރާއްޖޭގައި ކަންނެލި ނުބޭނޭ: އެންސިސް

ކަންނެލި ބޭރުކުރާ ކުންފުނިތަކަށް "ފުދޭ ވަރަށް" ރާއްޖޭގައި ކަންނެލި ނުބޭނޭކަމަށް އެންސިސް ފިޝަރީޒުން ބުނެފިއެވެ.

ރާއްޖެޓީވީގެ މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންސިސް ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު ހުސެއިން އަފީފު ވިދާޅުވީ، ރާއްޖޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ކަންނެލި ބޭނެނީ 1000 ޓަނު ކަމަށާއި، މިއީ ރާއްޖޭގައި މިވަގުތު ކަންނެލި ބޭރުކުރާ 7 ކުންފުންޏަށް ފުދޭވަރަށްވުރެ ވެސް މަދު އަދެދެއް ކަމަށެވެ.

"ސުވާލަކީ ޕްރައިވެޓް ސެކްޓަރ އިން މަސްވެރިކަން ކުރަމުންދާ އިރު ސަރުކާރުން ކަންނެލި ގަންނަން ފަށައިފިއްޔާ އިތުރު އަގެއް ލިބިދާނެތޯ. ހަޤީޤަތަކީ މިހާރުވެސް ކަންނެލި މި ބޭނެނީ މަހަކަށް އެވްރެޖްކޮށް 1000 ޓަނުގެ ކަންނެލި. މި 1000 ޓަނަކީ މިހާރު ޕްރައިވެޓް ސެކްޓަރގައި މަސްބޭރުކުރަން ތިބި 7 ޕްރޮސެސަރުންގެ މި 7 ކުންފުންޏަށް ފުދޭވަރަށް ވުރެ މަދު އަދަދެއް. އަޅުގަނޑުމެންނަށް ދޭތެރެއަކުން ފެނޭ ކަންނެލި ނުކިރިގެން ކިޔުގަ ޖެހޭ މަންޒަރެއް. ނޫނީ އަގު ވެއްޓިގެންދާ ދުވަސްކޮޅެއް. މީގެ ހަޤީޤަތަކީ 365 ދުވަހުގެ ތެރޭގައި ކަންނެލި ނުކިރިގެން 20 ނޫނީ 30 ދުވަހުވެސް މަޑުކުރަން ޖެހޭނެ ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ. އަޅުގަނޑު ދަންނަވާނީ ކަންނެލި ގިނަވެގެން ނުކިރިގެން އަދި ނޫޅެމޭ." އެންސިސް ފިޝަރީޒްގެ ޖެރެނަލް މެނޭޖަރު ވިދާޅުވިއެވެ.

އެންސިސް ފިޝަރީޒުން މިހެން ބުނެފައިމިވަނީ ބޮޑު ކަންނެލި ގަންނަ ކުންފުނިތަކަށް ކަންނެލި ނުގަނެވޭކަމަށްބުނެ ބައެއް ކަންނެލި ދޯނިފަހަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުން ނުވަތަ މިފްކޯއިން ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް ނުވަންނަނީ ކީއްވެތޯ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ސުވާލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަންނެލި މަސްވެރިން ބުނާގޮތުން ކޮންޓްރޯލް އަގެއް ނެތި ކަންނެލި އިންޑަސްޓްރީ ޕްރައިވްޓް ސެކްޓަރ އަށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން އެކުންފުނިން ބޭނުން ގޮތެއް ހަދަމުންދާކަމަށެވެ.

"އެތައް މޭލެއްގެ ބޭރުގައި ކަންނެލި ބާނަން ތިބޭއިރު ކަންނެލީގެ އަގު އެބަހުރޭ 70 ރުފިޔާއަށް. ދުންޖަހާފައި ރާސްލާފައި އަންނަ އިރު އަގު މި ހުންނަނީ 40 ރުފިޔާއަށް ވައްޓާލާފަ. މިހެން ވުމުން ދެކޮޅު ނުޖެހޭ". ކަންނެލި މަސްވެރިކަން ކުރާ ކެޔޮޅަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބޭނުންވާވަރައް ކަންނެލި ނުލިބބޭތީ މަސްވެރިންނައް ކަނެލިކޮލެ ބެވޭއިރައް ތިއަގުވައްޓާލަނީ. ޑިމާންޑާއެއްވަރައް ސަޕުލައިނުކުރެވެއްޏާ އަގުމަތި ކަންނޭގެ ވާނީ އެހެން އަހެރެމެން ކިޔެވި ފޮތްތަކުގައިި ލިޔެފަހުރީީ. ސަރުކާރު މަސްކުންފުުުނި ފިކޯއިން މިކަމުތެރެޔައް ވަންނަންވީީ ފެލިވަރައް ގަންނަންވީ.މިހާރު ފަސޭހަވެސްވާނެ މާފަރު އިންޓަނޭސަނަލް އެއާޕޯޓުން ބޭރުކުރަަންްަަަަފަަަަަަަަަަަށަަންްވީ

Comments are closed.