މަސްވެރިކަމާއި ގުޅޭ

Sea Bird

ގއ. ކޮލަމާފުށީ "ސީ ބާރޑު"

ގއ. ކޮލަމާފުށީ “ސީ ބާރޑު” ދޯންޏަކީ ދޮށީގެ މަސްވެރިކަމަށް މަޝްހޫރު ދޯންޏެކެވެ.

މި ދޯންޏަކީ ރާއްޖޭގެ އެންމެ ފުރަތަމަ ފައިބަރު މަސްދޯނި ތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ދޯންޏެވެ. މީގެ 20 އަހަރު ކުރިން މަހަށް ނިކުން، މި ދޯންޏަކީ 100 ފޫޓު ދިގު އަދި 26 ފޫޓު ފުޅާ ދޯންޏެކެވެ. ދޯނީގެ އިންޖީނަކީ 620 ހޯސްޕަވަރުގެ އިންޖީނެކެވެ. 25 މަސްވެރިންނާއެކު މަހައްދާ މި ދޯނި އެއްދުވަހުން އެންމެ ގިނައިން ބާނާފައިވަނީ 30 ޓަނުގެ މަހެވެ.

ސީ ބާރޑު ދޯނީގެ ކެޔޮޅަކީ ތަޖުރިބާކާރު ކެޔޮޅެއް ކަމަށްވާ ގއ. ކޮލަމާފުށީ ޖަމާލު އިބްރާހިމްއެވެ.

ގުޅުންހުރި ލިޔުންތައް