މަސްވެރިކަމާއި ގުޅޭ

ހޮނޑުމިޔަރު - ފޮޓޯ: ވިކީޕީޑިއާ

ހޮނޑުމިޔަރު

މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ކުޑަ މިޔަރެކެވެ.

މިމިޔަރު އެންމެބޮޑުވަނީ ގާތްގަޑަކަށް 1.2 މީޓަރަށެވެ. އަދި ޖިންސީގޮތުން މިމިޔަރު ބޮޑުވަނީ ދިގުމިން 62 ސެންޓިމީޓަރާ 70 ސެންޓިމީޓަރާ ދެމެދަށް ދިގުވީމައެވެ. މިބާވަތުގެ މިޔަރުގައި ގާތްގަޑަކަށް 30 ސެންޓިމީޓަރު ހުރެއެއެވެ. އަދި ވިހާ ފަހަރަކު 1 އާއި 2 އާ ދެމެދުގެ ޢަދަދަކަށް ވިހައެވެ. މިއީ ކަނޑުގެ އަޑީބައިގައިއުޅޭ މިޔަރެއްކަމުން ރާއްޖޭގެ މަސްވެރިންނަށް މިމިޔަރު ގިނައިން ފެނިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު މިމިޔަރަށް ޢާއްމުކޮށް ދިވެހިން ވަކިނަމެއް ކިޔައެއް ނޫޅެއެވެ. ވީމާ މިޔަރުގެ ޢާއްމު ސިފައަށްބަލާ އަދި ދެވިފައިވާ އިގިރޭސިނަމަށް ވިސްނާ "ހޮނޑުމިޔަރު" ކިޔާފައިވަނީއެވެ.

މިއީ ހިމަތޮޅި ތުންދިގުކޮށް ހުންނަ މިޔަރެކެވެ. މިޔަރުގެ ނިގޫ ކުރުވެފައި ކޮޅަށް ފުޅާކޮށް ހުރެއެވެ. މިޔަރުގެބުރަކަށިމަތީ ފުރަތަމަ ކޮތަރި ފަޅާފައި ހުންނަނީ ކަންފަތްގަޑު ނިމޭ ހިސާބަށްވުރެ ތަންކޮޅެއް ކުރިންނެވެ. އަދި ބުރަކަށިމަތީ ދެވަނަ ކޮތަރި ބަނޑުދަށްފަރާތު ކޮތަރިއަށްވުރެ މާބޮޑުތަން ބޮޑެވެ. މިޔަރުގެ ކާނާއަކީ މަހާއި ކުދިކުނިފާޑުގެ ސޫތްޕެވެ. މިޔަރުގެ ބުރަކަށި މައްޗާއި ދެއަރިމަތީގެ ކުލައަކީ އަޅި ނުވަތަ އަޅި މުށި ކުލައެކެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައެއްގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Starspotted smooth-hound shark

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!