080620_cg_oceanheatwave_feat-1028x579

ކަނޑުތަކުގައި އުފެދޭ ހީޓް ވޭވްސް އިން ސަލާމަތްވުމަށް ކަނޑުގެ ދިރުންތައް އެތައް ހާސް ކިލޯމީޓަރަކަށް ދަތުރުކުރާކަން ހާމަވެއްޖެ

ކުއްލިއަކަށް ކަނޑުތަކުގައި އުފެދޭ ހޫނު ފެނުގެ ސަރަހައްދުތައް ނުވަތަ ހީޓް ވޭވްސްގެ ސަބަބުން ކަނޑުގެ ތަފާތު އެކި ދިރުންތައް ހޫނުން ސަލާމަތްވުމަށް އެތަކެއް ކިލޯމީޓަރުގެ ސަރަހައްދުތަކަށް ހިޖުރަކުރާކަން ދިރާސާއަކުން ހާމަވެއްޖެއެވެ. މިދިރާސާ ޝާއިއުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް ފަސްވަނަ ދުވަހު މައްޝޫރު ނޭޖަރ ޖާނަލްގައިއެވެ.

މިފަދަ ދުރު ހިޖްރަކުރުންތަކުގެ ސަބަބުން، މަސް، ބޮޑުމަހާއި ކޯމަސް އަދި ވެލާކަނހަބު ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި އަދި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވެސް ނޭދެވޭ އަސަރުތައް ކުރެއެވެ. "ކަނޑުގެ މުހިންމު ދިރުންތައް އެކަށީގެންވާގޮތުގައި މެނޭޖްކުރުމަށް އެފަދަ ދިރުންތައް އުޅޭ ސަރަހައްދުތަށް އެނގުމަކީ މުހިންމުކަމެއް" އޯޝެނޮގްރާފަރެއްކަމުގައި ވާ މައިކަލް ޖޭކޮކްސް ހާމަކުރެއްވިއެވެ.

މާކަނޑުތަކުގައި އުފެދޭ ހީޓް ވޭސް ނުވަތަ ހޫނު ފެނުގެ ސަރަހައްދުތަކުގެ ގޮތުގައި ބުނެވެނީ ޖެހިޖެހިގެން ކަނޑުގެ ވަކި ސަރަހައްދުތަކެއް ފަސްދުވަސްވަންދެން އާދަޔާހިލާފަށް ހޫނުވެ އެހޫނު ހިފެހެއްޓުފައި ހުރުމުންނެވެ. ފާއިތުވެދިޔަ ގަރުނުގެ ތެރޭގައި މިފަދައިން އުފެދޭ ހޫނު ގަނޑުތަށް ވަނީ އާންމުވެފައިއެވެ. އޭގެތެރޭގައި ޕެސިފިކް ކަނޑުގައި 2015 އިން 2016 އަށް އުފެދުނު "ޕެސިފިކް އޯޝަން ބޮލޮބް" އަދި ޓެސްމޭނިޔާ ކަނޑުގެ ސަރަހައްދު އާދަޔާ ހިލާފަށް ހޫނުވެގެން ދިއުން ފާހަގަކޮށްލެވެ. ނަމަވެސް މިފަދަ ހޫނު ރާޅުގަނޑުތަކުގެ ސަބަބުން ކަނޑުގައި ހަލުވިކޮށް ހަރަކާތްތެރިވާ ދިރުންތަކަށް ކުރާއަސަރު ދެނެގަތުމުގެ މަސަކަތް ފެށިފައިވަނީ ނިސްބަތުން ފަހުގެ ތާރީހެއްގައެވެ.

މިފަދަ ހީޓްވޭވްސްއަކީ ދިވެހި މަސްވެރިކަމަށްވެސް ހީނަރުކަން މެދުވެރިވެދާނެ ކަމެކެވެ. ކަނޑުމަހަކީ ކަނޑުގެ ފިނިފަށަލަ ނުވަތަ ތަމޯކްލައިން އިންނަ ހިސާބުގެ ސަބަބުން އައިނުގެ ތިލުވުމާއި އަޑިވުން ގުޅިފައިވާ މަހެކެވެ. އަދި ކަނޑުގެ މަތީސަތަހައިގެ ހޫނުމިން ހީޓްވޭވްގެ ސަބަބުން އާދަޔާ ހިލާފަށް ހޫނުވެއްޖެނަމަ މަސްއައިން މަސްބޭނޭ މިންވަރަށް ތިލަ ނުވެ ހީޓްވޭވްގެ އަސަރު ކުޑަވަންދެން އަޑީގައި އުޅުމުން މަސްވެރިކަން ހީނަރުވުމަކީ ވެދާނެކެމެކެވެ.

ނޭޗަރ ޕަބްލިކޭޝަންގެ ލިންކް: https://www.nature.com/articles/s41586-020-2534-z

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!