kanneli masverin

ކަންނެލީގެ އަގު ދަށަށް ދިޔައީ އީޔޫއިން ރާއްޖޭގެ މަހަށް ޑިއުޓީ ނަގަން ފެށުމުން: އެންސިސް

ކަންނެލީގެ އަގު ދަށަށް ދިޔައީ އީޔޫއިން ރާއްޖޭގެ މަހަށް ޑިއުޓީ ނަގަން ފެށުމުންކަމަށް ރާއްޖެއިން އެންމެ ފުޅާދާއިރާއެއްގައި ކަންނެލި ބޭރުކުރާ އެންސިސް ފިޝަރީޒުން ބުނެފިއެވެ.

އެންސިސް ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު ހުޞައިން އަފީފު ވިދާޅުވީ، ކަންނެލީގެ އަގު ދަށަށް ދާން ފެށީ 2015 ވަނަ އަހަރުން ފެށިގެން ކަމަަށާއި، ސަބަބަކީ ރާއްޖެއިން އެންމެ ގިނައިން ކަންނެލި ބޭރުކުރާ ޤައުމުތަކުން ފީ ނަގަން ފެށުމުން ކަމަށެވެ. އަދި ރާއްޖެއާ އަވައްޓެރި ޤައުމުތަކަށް ޔޫރަޕަށް މަސްބޭރު ކުރާއިރު ރާއްޖެއަށް ނުލިބޭ އެތައް އިނާއަތްތަކެއް ލިބެމުންދާކަމަށް އަފީފު ވިދާޅުވިއެވެ.

ރާއްޖެއިން ޔޫރަޕްގެ ޤައުމުތަކަށް ބޭރުކުރާ މަހަށް ޑިއުޓީ ނަގަން ފެށި މައިގަނޑު ސަބަބަކީ ރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވެފައި ވަނީ މިކަމަށް ހައްލެއް އޮތީ އީޔޫއާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވިގެންކަމަށެވެ.

“ބޮޑުކަންނެލީގެ އަގު ބޮޑު ދުވަސްވަރަކީ އީޔޫއިން ސުން ރޭޓުގައި ޑިއުޓީ ނަގަމުން ދިޔަ ދުވަސްވަރު. ދިވެހިރާއްޖެއިން އީޔޫއަށް ބޭރުކުރާ މަހަށް މިހާރު އެބަނަގާ 24 ޕަސެންޓް ޑިއުޓީ. މީގެމާނަޔަކީ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ އެބަޖެހެޔޭ އީޔޫއަށް ޑިއުޓީގެ ގޮތުގައި ދައްކަން. މިއީ ހަމަ މަސްވެރިންގެ އަތުން ގެއްލިގެންދާ ފައިސާ އިނގޭތޯ. މިކަންކަން ހައްލުކުރެވެން އޮތީ އީޔޫއާއެކު މަޝްވަރާ ކުރެވިގެން. ރާއްޖެއަކީ އެކްސްޕޯޓް ކުރެވޭ އަދަދުތަކަށް ބަލާއިރު އެކަހަލަ ބޮޑެތި ޤައުމުތަކަށް މާ މުހިންމު ޤައުމަކަށް ނުވެދާނެ. އެ އުފައްދާ ގުޅުމަކުން އަޅުގަނޑުމެންނަށް ހޯދޭނެ ނަތީޖާއެއް މީގަ އޮންނާނީ.” އާދަމް ޒިޔާދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު
    ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު
    ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު
    ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު
    ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު ކުރީ ސަރުކާރު

  2. EU in duty nagan feshee raajjey kanduga ulhey mahakeeves muslim mas kamah balaafa. dheenee minivankan noanna nama mas nugannaanamey nubuneythoa hoadhaa olhun filuvabala. Gina meehun bune ey kiyaafa thihen thanehdhoreh neygi thibe faadufaadu ehchihi nuliyahchey ingey! handhaan kuraathi!