މަސްވެރިކަމާއި ގުޅޭ

ކެމްބޯޑިއާގެ ފިޝް ފާމެއް
ކެމްބޯޑިއާގެ ފިޝް ފާމެއް

އެހެން ޤައުމުތަކުގައި އާލާކުރާ މަސް ކެމްބޯޑިއާއަށް އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފި

އެހެން ޤައުމުތަކުގައި އާލާކުރާ މަސް ކެމްބޯޑިއާއަށް އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

ކެމްބޯޑިއާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ، ފޮރެސްޓްރީ އެންޑް ފިޝަރީޒްއިން ހާމަކުރާގޮތުގައި މިފަދަ އަމުރެއް ނެރެފައިވަނީ އެޤައުމުގެ މަސްވެރިން އާލާ ކުރާ ކުރާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށެވެ.

އަދި މިއީ އެޤައުމުގައި މިމަސައްކަތްކުރާ ފަރާތްތަކުގެ އެދުމުގެވެސް މަތިން ނިންމި ނިންމުމެއް ކަމަށް އެޤައުމުގެ ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

އާލާކޮށްގެން ވިއްކާ މަސް އެޤައުމަށް އެތެކުރުން މަނާކޮށްފައިވަނީ ވަގުތީގޮތުން ކަމުގައިވިޔަސް މަނާކޮށްފައިވާ މުއްދަތު އެޤައުމުގެ ސަރުކާރުން އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

ކެމްބޯޑިއާގައި މަސް އާލާކުރުމުގެ މަސައްކަތްކުރާ ފަރާތްތައް މިފަހަކަށް އައިސްވަނީ އިތުރުވެފައެވެ. އަދި މިފަރާތްތަކުގެ އުފެއްދުންތައްވެސް އިތުރުވެފައިވާއިރު، އަވަށްޓެރި ޤައުމުތަކުން އެޤައުމަށް ނުއަގުގައި އެތެރެކުރާ މަހުގެ ސަބަބުން އެޤައުމުގައި މި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އަގެއް ނުލިބެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެޤައުމުގައި މަސް އާލާކުރުމުގެ މަސައްކަތް، ނުވަތަ މެރިކަލްޗަރގެ މަސައްކަތްކުރާ 200އަށްވުރެ ގިނަ ފަރާތްތައް އުޅޭއިރު، އެޤައުމުގެ އެތެރޭގެ ޑިމާންޑާއި އެއްވަރަށް އެފަރާތްތަކުން ބާޒާރަށް މަސް ނެރެވޭނެއެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުގައި 400،000 ޓަނުގެ މަސް އާލާކޮށްފައިވެއެވެ.

އެޤައުމުގެ ފިޝް ފާމްތަކުގައި އެންމެ ގިނަ އަދަދަކަށް އާލާކުރަނީ ކެޓް ފިޝް އާއި، ޖަޔެންޓު ސްނޭކް ހެޑު ފިޝްއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!