މަސްވެރިކަމާއި ގުޅޭ

blue fin tuna massive

އެމެރިކާގެ މަސްވެރިންތަކެއް 299 ކިލޯގެ ނޫ އުރަހަ ކަންނެންޏެއް ބާނައިފި

އެމެރިކާގެ ނޯތު ކެރޮލައިނާގައި މަސްވެރިންތަކެއް 299 ކިލޯގެ ނޫ އުރަހަ ކަންނެންޏެއް ބާނައިފިއެވެ.

ބޭނުމަށް ހާއްސަ އާދައިގެ ކުޑަ ލޯންޗެއްގައި މަސް ބާނަން ނިކުމެ އުޅުނު ތިން މަސްވެރިންވެގެން ބާނާފައިވާ މި ނޫ އުރަހަ ކަންނެލީގެ ދިގުމިނުގައި 8 ފޫޓު ހުރެއެވެ.

މިހާ ބޮޑު މަހެއް ބޭނުމަށް އެ މަސްވެރިންތައްވަނީ ބުރަ މަސައްކަތެއްކޮށްފައެވެ. އެގޮތުން މި މަސްބޭނުމުގައި ހަރަކާތްތެރިވި މަސްވެރިއެއް ބުނީ މިހާ ބޮޑެތި މަސް ބޭނުމުގައި ގިނަ ފަހަރު އެމީހާގެ ހުނަރަށްވުރެ ބޮޑު ރޯލެއް އަދާ ކުރަނީ ނަސީބު ކަމަށެވެ.

އެގޮތުން ނޫ އުރަހަ ކަންނެއްޏަކީ ބާރު ސްޕީޑެއްގެ ދަތުރުކުރާ މަހަކަށްވާއިރު، މިފަދަ މަސްތައް ބޭނުމަކީ ފަސޭހަކަމެއް ނޫނެވެ.

އެގޮތުން މިމަސް ލޯންޗަށް އެރުވުމަށް ގިނަ ވަގުތުތަކެއް ހޭދަވިކަމަށްވެސް މަސްވެރިން ހާމަކުރެއެވެ.

މިހާ ބޮޑެތި ނޫ އުރަހަ ކަންނެންޏަކީ ބާޒާރުގައި ރަނގަޅު އަގެއް ލިބޭ އެއްޗެކެވެ. އެގޮތުން މިދިޔަ އަހަރު 299 ކިލޯގެ ނޫ އުރަހަ ކަންނެންޏެއް ނޯތު ކެރޮލައިނާގައި 1.8 މިލިއަން ޑޮލަރަށް ވިއްކާފައިވާ ކަމަށް މަސްވެރިން ހާމަކުރެއެވެ.

ނޫ އުރަހަ ކަންނެއްޔަކީ ދުނިޔޭގައި އެންމެ އަގުބޮޑު މަހުގެ ބާވަތެވެ. މިއީ ވަރަށް މަދުން ފެންނަ މަހުގެ ބާވަތަކަށްވާއިރު ބައެއް ޤައުމުތަކުގައި ނޫއުރަހަ ކަންނެލި ބޭނުމަކީ މަނާކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!