މަސްވެރިކަމާއި ގުޅޭ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް ބީކޭއެމްޔޫއާ އެކު ފިޝަރީޒް މިނިސްޓްރީން މަޝްވަރާކޮށްފި

ބޮޑުކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ އެދިލެއްވުމަކަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިނިސްޓްރީއާއެކު މަޝްވަރާތައް ފަށައިފިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނީ ކަންނެލީގެ އަގު ކޮންޓްރޯލް ކުރުމަށް މަޝްވަރާކުރުމަށް ފިޝަރީޒް މިނިސްޓްރީން ދެއްވި ދަޢުވަތުގައި އެ ޖަމްއިއްޔާއިން ބޭނުންވާ ގޮތް މިނިސްޓްރީއާ ހިއްޞާކޮށްފައިވާކަމަށެވެ. މިގޮތުން އެޖަމިއްޔާގެ މެންބަރުންގެ މަޝްވަރާއަށްފަހު 18 ކިލޯއިން މަތީގެ ކަންނެލި ގަންނަން ބޭނުންވާ އެންމެ ދަށް އަގަކީ 80 ރުފިޔާ ކަމަށާއި އަދި A ގްރޭޑްގެ ގޮތުގައި ގުނާ ކަންނެލި ގަންނަވާނެ ދަށް އަގަކީ 100 ރުފިޔާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ހުށައަޅާފައެވެ. ނަމަވެސް މި މަޝްވަރާ ބައްދަލުވުމުގައި މި އަގުތަކަށް އެއްބަސް ވުމަކަށް އާދެވިފައި ނުވާތީ އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން  ބުނެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ހައްގުގައި އަޑު އުފުލައި، ކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް އުފެއްދި ޖަމްއިއްޔާއެކެވެ.

ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް ކަނޑައެޅުމުގެ ވާހަކަ ދައްކަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ ކަންނެލީގެ އަގު ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދު އެކުލަވާލާ ގެޒެޓްކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި ޤަވާއިދު ގެޒެޓްކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!