މަސްވެރިކަމާއި ގުޅޭ

120731198_2615906805329416_8629450035797901125_n

މިފްކޯއާ އެއްވަރަށް "ޕްރައިވެޓް ސެކްޓަރ" ތަރައްގީވާންޖެހޭ: ފައުޒީ

މަސްވެރިކަމުގައި ދިމާވާ ގޮންޖެހުންތައް ހައްލުވެގެންދާނީ މިފްކޯއާއި އެއްވަރަށް މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތައްވެސް ތަރައްގީވެގެން ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، ފެލިވަރާއި، ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ހުރި މިފްކޯގެ ވަސީލަތްތައް ތަރައްގީކުރި ކަމުގައިވިޔަސް މަސްވެރިންވެސް އެމީހުންގެ ދޯނިފަހަރު ތަރައްގީކޮށް ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ހަމައެއާއެކު، ދޯނި ފަހަރުތަކުގައި މަސްފިނިކުރާ ނިޒާމްތައް ހަރުކޮށް ބޮޑެތި އަދަދުތަކުން މަސްބާނާ ރައްކާކޮށްގެން މަސްކިރުމަށް އަންނަކަމަށް ފައުޒީ ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާއަތުގައިހުރި ގޮންޖެހުންތައް ހައްލުކުރުމަށް ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރގެ ކުރިއެރުމަކީ މުހިންމު ކަމެއްކަމަށް ފައުޒީ ފާހަނގަ ކުރިއެވެ.

"މަސްވެރިންވެސް އެމީހުންގެ ދޯނިފަހަރާއި ހުރިހާ އެއްޗެއްވެސް ޑިވެލޮޕްވަމުން އަންނަނީ. އަޅުގަނޑުމެންނަށް މިފެންނަ ފިފްތް ޖެނެރޭޝަން ދޯނިފަހަރަށް ބަލާކަމަށްވަންޏާވެސް ހުރިހާ ވަސީލަތްތައް އެބަހުރި. ވަތުގަ އާރް އެސް ޑަބްލިއުއާ އެއްކޮށް ބޮޑެތި އިންޖީނުގަ ބޮޑެތި ދޯނިފަހަރު، 120 ފޫޓް، 115 ފޫޓުގެ ދޯނިފަހަރު ފެނޭ އަޅުގަނޑުމެންނަށް. ދުވާލަކަށް އޭގެ ދޯންޏެއް 50 ޓަނު އަދި 40 ޓަނުވެސް ކަލެކްޓްކޮށްގެން އެބައާދޭ ރަގަޅު މަސްވެރިކަމެއްގަ"

ފައުޒީ އިތުރަށް ވިދާޅުވީ ޕްރައިވެޓް ސެކްޓަރއިން އިންވެސްޓްކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ ކަމަށާއި، މިފްކޯއާއި ޕްރައިވެޓް ސެކްޓަރ އެއްކޮށް މަސްގަނެވޭ ކަމަށްވަންޏާ މަސްވެރިނަނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދޭނެއެވެ.

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާތަކުގެ ތެރޭގައި މަސްވެރިކަން ރަގަޅު ދުވަސްވަރުގައި މަސްނުކިރުމާއި، އައިސް ނުލިބުމާއި އަދި އެކަށިގެންވާ ރަގަޅު އަގެއް މަހަށް ނުލިބުން ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!