މަސްވެރިކަމާއި ގުޅޭ

ޤާނޫނު: ބޭރުގެ މަސްވެރި އުޅަނދުތަކަށް މަސްވިއްކުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނުނު 14/2019 ގެ 28 ވަނަ މާއްދާގެ (ހ). މަސްވެރިކަންކުރާ ދިވެހި އުޅަނދުފަހަރުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށް މަސް ވިއްކަންވާނީ، މިނިސްޓްރީން އެކަމަށް ދޫކުރާ ހުއްދައެއް ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ދޫކުރުމާގުޅޭ އިޖުރާއަތުތަކާއި، އެ މާއްދާގެ ދަށުން މަސްވިއްކާ އަދި މަސްގަންނަ އުޅަނދުފަހަރުތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި މިންގަނޑުތަކާއި، އެފަދަ އުޅަނަދުތައް މަސްވިއްކުމުގައި ހަރަކާތްތައް ހިންގޭނެ ސަރަޙައްދުތަކަކީ ކޮބައިކަމާއި، މަސްވިއްކޭނެ އުސޫލުތަކާއި، އަދި މިގޮތަށް
ވިއްކޭ މަސް ރާއްޖެއިން ބޭރުކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުންހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މަސް ގަންނަން އަންނަ ބޭރުގެ އުޅަނދުފަހަރުތަކުން، މި ޤާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދައެއްގެ އިތުރުން، އެހެން ޤާނޫނެއްގެ ދަށުން ނަގަންޖެހޭ ހުއްދަތައްވެސް ނަގަން ވާނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!