ކ. ގާފަރާއި، ރ. މަޑުއްވަރީގެ އައިސްޕްލާންޓްތަކުގަައި ކުރިން ހަވާލުކުރެވުނު ކުންފުނިން ކޮށްފައިވާ މަސައްކަތްތައް މިފްކޯއިން ޗެކްކޮށްފިއެވެ.
ގާފަރު މަސްވެރިން ގެ ނަމުގައި ހިންގަމުން އަންނަ މީސްމީޑިއާގައި ބުނެފައިވަނީ ގާފަރުގައި އަޅަންހަމަޖެހިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް ނިންމުމަށް މިހާރު ހަވާލުވެފައިވާ މިފްކޯގެ އިސްބޭފުޅުން އެސަރަހައްދަށް ގޮސް މަސައްކަތްތައް ބައްލަވާފައިވާ ކަމަށެވެ. އަދި ގާފަރުގެ މަސްވެރިންގެ އުއްމީދަކީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން ކަމުގައި ބުނެފައިވެއެވެ.
މި ދެ ރަށުގައި އައިސްޕްލާންޓް އެޅުމަށް ކުރިން ހަވާލުކުރެވުނު ވީއޭ އެމްކޯއިން އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކޮށްފައިނުވާތީ ފިޝަރީޒ މިނިސްޓްރީއިން ވަނީ އެއްބަސްވުން އުވާލާފައެވެ. 25 ޓަނުގެ 2 އައިސް ޕްލާންޓް އެޅުމަށް ވީ އޭމްކޯއާ ހަވާލުކުރެވުނީ 14 ނޮވެމްބަރ 2019 ގައެވެ.
Agreement signed between Ministry of Fisheries, Marine Resources and Agriculture and VAMCO to develop 2 ice plants with the capacity of 25 tons each at K. Gaafaru & R. Maduvvari. pic.twitter.com/5SKuG9c57B
— VAMCO Maldives (@VAMCoMaldives) November 14, 2019
ގާފަރާއި މަޑުއްވަރީގެ 25 ޓަނުގެ އައިސް ޕްލާންޓްތައް އެޅުމަށް މިހާރު ހަވާލުކުރެވިަފއިވަނީ މިފްކޯއާއެވެ. އެއީ5 މަސް ދުވަހުން މަސައްކަތް ނިންމާ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭގޮތަށެވެ. މަސްވެރިން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިފްކޯއިންވަނީ އައިސްޕްލާންޓް އެޅުމަށް ބޭނުންވާ ސާމާނުތައް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ފައްޓާފައެވެ.