17 މީހުންނާއެކު ދަތުރުކުރި ދ. ބަނޑިދޫ ކަންނެލި ދޯންޏެއް ކަމަށްވާ "މަންފާ" ދޯނި ފަޅަށް އަރައިފިއެވެ.
85 ފޫޓުގެ މި ދޯނި އަރާފައިވަނީ ތ.ވަންދުއާ 1.5 މޭލު ދުރުގައި އޮތް ފަޅަކަށެވެ. ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ގިޔާސް ވިދާޅުވީ މަންފާ ދޯނި ފަޅަށް އެރިކަމުގެ މަޢުލޫމާތު ލިބުނީ 11:30 ގައި ކަމަށާ، މި ހަބަރު ލިބުމާއެކު ދޯނި ފުންކުރެވޭތޯ ވަންދޫން ދޯންޏެއް މަންފާ ދޯނި ކައިރިއަށް ދިޔަ ކަމަށެވެ. ނަމަވެސްް ދޯނި އަރާފައިވާ ގޮތުން ރޭގަނޑު ދޯނި ފުންކުރުމަކީ އުނދަގޫ ކަމެއް ކަމަށްވާތީ ދޯނި ފުންކުރުމުގެ މަސައްކަތް ހެނދުނު ފެށުމަށް ނިންމާފައިވާކަމަށް ގިޔާސް ވިދާޅުވިއެވެ. މިހާދިސާގައި ދޯނީގެ އެއްވެސް މީހަކަށް ގެއްލުމެއް ވީކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ.




One Response
Than thanuge falhu falhah odi dhoani faharu vannaanee.... araanee nuvatha aranee faru farah Reena ... ge luyun islaahu kollan Feeney