ހއ. ފިއްލަދޫ ބޭރުގައި އަޅާފައި އޮތް ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އާ ކަނދުފައްޗެއް ހަރުކޮށްފިއެވެ.
ފިއްލަދޫގެ އިރުން 14.5 މޭލުގައި އަޅާފައި އޮތް ކަނދުފަތި ކަނޑައިގެން ދިޔައީ މި ދިޔަ އަަހަރުގެ ފަހުކޮޅުގައެވެ. މި ކަނދުފަތި ހަރުކޮށްފައިވަނީ ކަނޑައިގެން ދިޔަ ކަނދުފަތި ހަރުކޮށްފައިވާ ސަރަހައްދުގައެވެ.
ކަނޑައިގެން ދިޔަ ކަނދުފަތީގެ ނަމްބަރަކީ 444 އެވެ.
އިއްޔެގެ ވަގުތެއްގައި މިނިސްޓްރީގެ ޓީމަކުން ފިއްލަދޫގެ ކަނދުފަތި ހަރުކޮށްފައި ވާއިރު، ކަނދުފައްޗާއި އެކު ހަރުކުރާ ބޮއިފަތި ހަރުކޮށްފައި ނުވެއެވެ. ކޮންމެ ކަނދުފައްޗަކާއި އެކު ވަކި ބޮއި ފައްޗެއް ހަރުކުރެއެވެ. އެހެންނަމަވެސް، މިހާރު ހަރުކުރަމުންދާ ކަނދުފަތިތަކުގައި މި ބޮއިފަތި ހަރުނުކުރެވެނީ، ރާއްޖެއަށް އެ ބޮއިފަތިތައް ގެނައުމުގައި ލަސްތަކެއް އުޅޭތީކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.